twitterviber whatsapp telegramfacebookyoutube instagram
19th February 2026

ސިނގިރޭޓްތަކެއް ގަވާއިދާ ހިލާފަށް އެތެރެކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ބަލަނީ

Oct 29, 2018

ރައިޑާ ބްރޭންޑްގެ ސިނގިރޭޓް ތަކެއް ޤަވާއިދާ ޚިލާފަށް ރާއްޖެއަށް އެތެރެކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ކަސްޓަމްސް އިން ބަލަމުންދާކަމަށް އެސަރވިސްއިން ހާމަކޮށްފި އެވެ.

މި ބްރޭންޑްގެ ސިނގިރޭޓް ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށަށް އަނބުރާ ގެނައުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މި ސަރވިސްއިން ކުރަމުންދާކަމަށް ކަސްޓަމްސް އިން ބުނެ އެވެ

މިހެންކަމުން މިބްރޭންޑްގެ ސިނގިރެޓްގެ ވިޔަފާރީގެ މުއާމަލާތެއް އެއްވެސް ފަރާތަކުން ކުރާނަމަ އެކަން ލަސްނުކުރައްވާ ކަސްޓަމްސްގެ ހިލޭގުޅޭ ނަންބަރ 1416 އަށް އަންގަވައި ދެއްވުންމަށް އެފަރާތުން އެދެއެވެ.

އަދި މި އެންގުމާ ހިލާފަށް މިބްރޭންޑްގެ ސިގިރޭޓްގެ ވިޔަފާރީގެ މުއާމަލާތް ހިންގާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެކަމަށްވެސް ކަސްޓަމުސް ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355