twitterviber whatsapp telegramfacebookyoutube instagram
19th April 2026

މެދު ރާއްޖެ ތެރެއާއި ދެކުނުގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ: މެޓް

Oct 30, 2018

މެދު ރާއްޖެ އާއި ދެކުނުގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށް އަދި ބައެއް އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ހާމަކޮށްފިއެވެ.

އަދި އުތުރުގެ އެކިހިސާބަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވާކަމަށް ވެސް އެއިދާރާއިން ބުނެއެވެ.

ވައިޖެހޭނީ ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާއި ދެމެދުގެ ބާރުމިނުގައި އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 05 މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި. އަދި ކެރިގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެން ވެއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހާމަކުރާގޮތުގައި އުތުރުއަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ އަދި މެދުތެރެއާއި ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވާނެ އެވެ.

އެއިދާރާއިން ވަނީ ބޯކޮށް ވާރޭވެހިދާނޭކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް އެދެވިގެންފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355