twitterviber whatsapp telegramfacebookyoutube instagram
17th January 2020

ބޮޑު ޗުއްޓީއާ ދިމާކޮށް ކުޅުދުއްފުށީގައި މާއްޓޭ އެކަޑަމީގެ ފުޓްބޯޅަ ފެސްޓިވަލެއް ބާއްވަނީ

Oct 30, 2018

މަޝްހޫރު ފުޓްބޯޅަ ކޯޗު މައުރޫފް އަހުމަދު (މާއްޓޭ) ކުޅުދުއްފުށީގައި ހިންގަމުން އަންނަ މާއްޓޭ ފުޓްބޯޅަ އެކެޑަމީގެ ފަރާތުން އަންނަ ބޮޑު ޗުއްޓީއާ ދިމާކޮށް ފުޓްބޯޅަ ފެސްޓިވަލެއް ބާއްވަން ނިންމައިފި އެވެ.

ސޮސައިޓީ ފޯ ކުޅުދުއްފުށީ ޔޫތު (ސްކައި) އަދި އާއި ހިރަފުސް ގުޅިގެން މާއްޓޭ ފުޓްބޯޅަ އެކެޑަމީން ކުރިއަށްގެންދަން ނިންމާފައިވާ މި ފުޓްބޯޅަ ފެސްޓިވަލަކީ މުޅި ކުޅުދުއްފުއްޓަށް ހުޅުވާލައިގެން ކުރިއަށްގެންދާ ފެސްޓިވަލެކެވެ.

އަންނަ ނޮވެމްބަރުމަހު 24-26 ބާއްވަން ނިންމާފައިވާއިރު ދެ އުމުރުފުރާއަކަށް ވަނީ ހުޅުވާލާފަ އެވެ. އެއީ 6-9 އަހަރާ ދެމެދާއި 10-13 އަހަރުގެ އުމުރުފުރާ އެވެ.

ފެސްޓިވަލް ބޭއްވުމުގެ މައިގަނޑު މަގްސަދާ ބެހޭގޮތުން ކޭއޯއަށް މައުލޫމާތުދެމުން މާއްޓޭ ބުނީ އެކަޑަމީ ދަސްވި އެއްޗެއްގެ ހުނަރު ދައްކާލުމާއި އެކަޑަމީގައި އުޅޭ ކުދިންނާއި ބައިވެރިވާން ބޭނުންވާ ކުދިން އެއްތާކުން ބައްދަލުވެ ހުނަރު ދައްކާލުމަށް ފުރުސަތު ދިނުން ކަމަށެވެ.

ނޮވެމްބަރުމަހު 1 ގައި ފެސްޓިވަލުގައި ރަޖިސްޓްރީކުރަން ހުޅުވާލާނެ އެވެ. މާއްޓޭ އެކަޑަމީގެ ހަރަކާތްތައް ފުޅާކުރުމުގެ ގޮތުން އަންނަ އަހަރު 14 އަހަރުން ދަށުގެ އުމުރުފުރާ ފަށަން ވަނީ ނިންމާފަ އެވެ.

މިއަހަރު ނިންމާލުމުގެ ގޮތުން ބާއްވާ މި ޕެސްޓިވަލުގައި އަންހެން ބެލެނިވެރިންގެ ހާއްސަ މެޗެއްވެސް އޮންނާނެ އެވެ. އަންނަ އަހަރު އެކަޑަމީގެ ކަލަންޑަރު ފެސްޓިވަލްގައި އިއުލާން ކުރާނެކަމަށް އޭނާ ބުންޏެވެ.

މި ފެސްޓިވަލުގައި ހާއްސަ މެހެމާނެއްގެ ގޮތުގައި ޑެންމާކުގެ ކުޅުންތެރިންވެސް ބައިވެރިވާނެކަމަށް މާއްޓޭ ބުންޏެވެ. އަދި ފެސްޓިވަލަށް ފަހު މި އަހަރަށް އެކެޑަމީގެ ހަރާކާތްތައް ނިންމާލުމަށް ފަހު ދެން ފަށާނީ ސްކޫލް ބޮޑު ޗުއްޓީ އަށް ފަހު އަންނަ އަހަރު އެވެ.

މާއްޓޭ އެކަޑަމީ ކުޅުދުއްފުށީގައި ފަށާފައިވަނީ މިއަހަރުގެ އޭޕްރީލްމަހު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355