twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކައުންސިލްގެ ވާޖިބު އަދާކުރުމަށް ހުރަސް އެޅިކަމަށް ބުނެ ފިނޭންސްއާ ދެކޮޅަށް ދައުވާ ކުރަން ނިންމައިފި

Oct 30, 2018

މުވައްޒަފުން ނެގުމުގެ ހުއްދަ ފިނޭންސް މިނިސްޓްރީ ދީފައިނުވާތީ އެކަމުގެ ސަބަބުން ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތައް ދެވިފައިނުވާތީ އެއީ ކައުންސިލްގެ ވާޖިބު އަދާކުރުމަށް ހުރަސް އެޅުންކަމަށް ބުނެ ފިނޭންސް މިނިސްޓްރީއާ ދެކޮޅަށް ދައުވާ ކުރަން ހއ ދިއްދޫ ކައުންސިލުން ނިންމައިފި އެވެ.

ދިއްދޫ ކައުންސިލުން އިއްޔެ ބޭއްވ ބައްދަލުވުމުން ނިންމި ނިންމުމުގައި ވަނީ އެ ކައުންސިލުގެ އޮނިގަނޑުގައި ހިމަނާފައިވާ ހަތަރު ވަޒީފާއަކަށް މުވައްޒަފުން ނެގުމުގެ ހުއްދައަށް އެދި އެތައް ފަހަރެއްގެ މަތިން ފިނޭންސާއި، ދައުލަތުގެ ހުރިހާ އިދާރާއަކަށް ސިޓީ ފޮނުވާފައިވާ ކަމަށެވެ.

އެހެން ނަމަވެސް އޭގެ ތެރެއިން ގިނަ ސިޓީތަކަކަށް ޖަވާބު ނުދީ އަދި މުވައްޒަފުން ނެގުމުގެ ހުއްދަ ވެސް ދީފައިނުވާ ކަމަށް ކައުންސިލުގެ ނިންމުމުގައިވެ އެވެ.

ކައުންސިލުގެ ނިންމުމުގައި ބުނެފައިވަނީ މުވައްޒަފުން ނެގުމުގެ ހުއްދަ ނުލިބުމުގެ ސަބަބުން ލާމަރުކަޒީ ގާނޫނުގެ ދަށުން ރައްޔިތުންނަަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތްތަށް ދިނުމަށް ހުއްޓުން އަރައި އެންމެ އެކަށީގެންވާ ގޮތެއްގައި އެ ހިދުމަތް ދެވިފައިނުވާ ކަމަށެވެ.

އެހެންކަމުން އެއީ އެކައުންސިލްގެ ވާޖިބު އަދާކުރުމަށް ދައުލަތުގެ މުވައްސަސާތަކުން އަޅާފައިވާ ހުރަހެއް ކަމަށް ބަލައި ފިނޭންސް މިނިސްޓްރީއާ ދައުލަތުގެ ކަމާބެހޭ އިދާރާތަކާ ދެކޮޅަށް ދައުވާ ކުރުމަށް ނިންމީ ކައުންސިލުން މެމްބަރުގެ އިއްތިފާގުންނެވެ.

ދިއްދޫ ކައުންސިލުން ވަނީ މީގެ ކުރިން ހައުސިންގ މިނިސްޓްރީއާ ދެކޮޅަށްވެސް ދައުވާކުރުމަށް ނިންމާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355