ކުޅުދުއްފުށީގައި މިފެށޭ ނޮވެމްބަރުމަހު ޑައިވިންގ ކޯސްތަކެއް ފެށުމަށް ހަމަޖެހިއްޖެ އެވެ.
“ފީނާ ކުދިން”ގެ ނަމުގައި ކުރިއަށްގެންދާ މި ކޯސްތަކަކީ ސްކޫބާ ޑައިވަރސް މޯލްޑިވްސް އިން ކުރިއަށްގެންދާ ކޯސްތަކެކެވެ.
އޯޕަން ވޯޓަރ، އެޑްވާންސް އޯޕަން ވޯޓަރ، އީއެފްއާރު އަދި ރެސްކިއު ޑައިވާސް ހިމެނެ އެވެ.
މިކޯސްތަކާ ބެހޭ މައުލޫމާތު ކޭއޯއާ ހިއްސާކުރައްވަމުން ސްކޫބާ ޑައިވިންގ އެމްޑީ އަހުމަދު މުޖުތަބާ ވިދާޅުވީ 12 ކުދިން ލިބުނުކަމުގައި ވިޔަސް ކޯސްތައް ފަށާނެ ކަމަށެވެ. މިކޯސްތައް ހެދުމުން އިންޓަނޭޝަނަލް ލައިސަންސެއް ލިބިގެންދާނެ އެވެ.
ކޯސްތަކުގައި އިންސްޓްރަކްޓްކޮށްދެއްވަން ތިބޭނީ ޕަޑީގެ އިންސްޓްރަކްޓަރުންނެވެ. އޭނާ ވިދާޅުވީ މިއީ މިސަރަހައްދުގައި ޑައިވިންގ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ކުދިންނަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށެވެ.