twitterviber whatsapp telegramfacebookyoutube instagram
16th August 2026

ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވުމަށް ހުޅުވާލައިފި

Nov 1, 2018

ދިރާގުން ކުރިއަށް ގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުލޫމާތު ދެއްވަމުން އެ ކުންފުނީގެ އެސިސްޓެންޑް މެނޭޖަރު ހިއުމަން ރިސޯސަސް ޑިވްލޮޕްމަންޓް އައިޝަތު ރަޝީދާ ވިދާޅުވީ މި ޕްރޮގްރާމަށް ކުދިން ނެގުމުގެ މަސައްކަތް ވޯކިން އިންޓަވިއުއެއްގެ ގޮތުގައި ދިރާގު ހެޑް އޮފީހާއި އަތޮޅުތެރޭގައި ހުރި ސެންޓަރުތަކުން ކުރިއަށް ދާނެ ކަމަށާއި މިއީ ހަމައެކަނި މާލޭގައި ތިބެގެން މަސައްކަތް ކުރި އަށް ދާނެ ޕްރޮގްރާމެއް ނޫންކަމަށެވެ.

ޖުމްލަ 30 ކުދިންނަށް ފުރުސަތު ދީގެން މި އަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމު ފަރުމާކޮށްފައިވަނީ ތަފާތު ހުނަރުތައް ދަސްކޮށްދޭ ގޮތަށް ކަމަށް ދިރާގުން މައުލޫމާތު ދެއެވެ. އެގޮތުން އެތިކްސް އާއި ޓައިމް މެނޭޖުމަންޓް ސްކިލްސް އަދި ސީވީ އާއި ވަޒީފާ އަށް އިންޓަވިއު ދިއުމުގައި ބޭނުންކުރާނެ އުކުޅުތައް މި ޕްރޮގްރާމުގެ ތެރެއިން ދަސްކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮގްރާމުގައި އޭލެވަލް ތިން މާއްދާ އިން ފާސްވާ އުމުރުން 18-25 އަހަރުގެ ކޮންމެ ޒުވާނަކަށް ވެސް ބައިވެރިވެވޭނެ އެވެ.

ދިރާގުން ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ 2009 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އެގޮތުން މިހާތަނަށް މި ޕްރޮގްރާމް 186 ކުއްޖަކު ވަނީ ފުރިހަމަކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355