twitterviber whatsapp telegramfacebookyoutube instagram
20th April 2024

ޒާންގެ ހިނިތުންވުމަށް ބޭނުމީ ކުޑަ އެހީއެއް !

Nov 3, 2018

އޯޓިޒަމް ހުރުމަކީ ކުއްޖާ ބާކީ ވާންޖެހޭ ސަބަބެއް ނޫނެވެ. އަދި އެއީ ބައްޔެއްވެސް ނޫނެވެ. އޯޓިޒަމް އަކީ ނިއުރޮލޮޖިކަލް ޑިސްއޯޑަރ ނުވަތަ ސިކުނޑި މަސައްކަތް ކުރާގޮތުގައި ހުންނަ ތަފާތު ވުމެއްގެ ސަބަބުން ވާހަކަ ދެއްކުމާއި އިޖްތިމާއީ ގުޅުން ހީނަރުވެ އެހެނިހެން މީހުނާ މުއާމަލާތު ކުރުމުގައި ދަތިތަކެއް ހުރުމެވެ.

މިކަމުގެ ސަބަބުން ކުއްޖާ ހެދިބޮޑުވުމަށްވެސް މައްސަލަތަކެއް ދިމާވެއެވެ. މިކަން ކުއްޖާގެ އުމުރުން ފުރަތަމަ ދެތިން އަހަރުގެ ތެރޭ ފާހަގަވާން ފަށާނެއެވެ. މިއީ ދާއިމީ ހައްލެ ނެތް ކަމެއްކަމުގައި ވިއަސް އޯޓިޒަމް ކުދިންނަށް ގަވައިދުން ދެވޭނެ އެތައްފަރުވާތަކެއް ހުރެއެވެ. މިކަމުގެ ސަބަބުން އެކުދިންނަށް އެހެންކުދިން ފަދައިން މުޖުތަމައުގެތެރޭގައި އުޅުމަށް ފަސޭހަވެ އެހެންކުދިން ފަދައިން “ނޯމަލް” ދިރިއުޅުމެއް އުޅެން މަގުފަހިވެގެން ދެއެވެ. ތުއްތު ޒާންއަށްވެސް ބޭނުންވަނީ މި ފަދަ އެހީއެކެވެ.

ޒާން ޒަބީރަކީ ހދ ވައިކަރަދޫ ހިސާން، އައިމިނަތު އިހުސާނާ އައި އެރަށު މުނިއާވިލާ އަހުމަދު ޒަބީރުގެ ދޮށީ ފިރިހެން ދަރިފުޅެވެ. އަދި ހުރި ހަމައެކަނީ ފިރިހެން ދަރިފުޅުވެސް މެއެވެ. އުމުރުން ގާތްގަނޑަކަށް 2 އަހަރު ފެށިގން އޯޓިޒަމް ހުރިކަން ފާހަގަ ވެގެން އެކަަމަށް ފަރުވާދެމުން އަންނަ ޒާންއަށް މިހާރު 9 އަހަރެވެ.

މާލޭގައި ދިރިއުޅެމުން އަންނަ މި ދެމަފިރިންގެ 5 އަހަރުގެ އަންހެން ކުއްޖަކުވެސް ހުންނައިރު ހަގު ދަރިފުޅު ނޯމަލްކަމަށް ކޭއޯ އަށް މައުލޫމާތު ޒާންގެ މަންމަ ބުންޏެވެ.

އިހްސާނާ ބުނީ މާލެއިން ގަވައިދުން ޒާންއަށް ތެރަޕީދެމުން ގެންދާ ކަމަށާއި ރާއްޖޭން ބޭރަށް މިހާތަނަށް އަދި ފަރުވާކުރަން ނުގެންދާކަމަށެވެ. އޯޓިޒަމް ހުރުމުގެ ސަބަބުން ޒާންއަށް ވަނީ ވާހަކަ ދެއްކުމުގައިވެސް އެތަށް ދަތިތަކެއް ކުރިމަތިވެފަ އެެވެ.

މިކަމުން ޒާން ފަސޭހަކޮށް އެހެންކުދިން ފަދައިން ވާހަަކަ ދައްކާ ކުއްޖަކަށް ވުމަކީ އެ އާއިލާގެ އުންމީދެއްކަމުން މުމްބާއިގައި ހުންނަ ނިއުރީޖެން ބްރެއިން އެންޑް ސްޕައިން އިންސްޓިޓިއުޓްއިން ސްޓެމް ސެލް ޓްރީޓްމެންޓް ދިނުމަށް އެ އާއިލާއިން ބޭނުންވެއެވެ.

ޒާން–

މިކަމަށް 12000 އެމެރިކާ ޑޮލަރު ހަރަދުވާނެކަމަށް އެއާއިލާއިން މައުލޫމާތު ދެއެެވެ. އެހެންކަމުން އެއާއިލާއަށް އެންމެހާ ދީލަތި ބޭފުޅުންގެ އެހީގެ އަތެއް ފޯރުކޮށްދިނުމަކީ ޒާންއަށް ވެދެވޭނެ ވަރަށް ބޮޑު އެހީއެކެވެ.

އެއާއިލާއިން ވެސް ވަނީ ފަންޑް ރައިޒް ކުރުމަށް މިދިޔަ ހުކުރު ދުވަހު ވިލިމާލޭގައި ވަނީ ތަފާތު ކާޖާ ވިއްކާފަ އެވެ. އަދި އަންނަ ހުކުރު ދުވަހު ހުޅުމާލޭގައި ވެސް ވަނީ ފަންޑް ރެއިޒިން ހަރަކާތެއް ކުރިއަށް ގެންދިއުމަށް ނިންމާފަ އެވެ.

ޒާންއަށް އެހީތެރިވުމަށް ބޭނުންވާ ފަރާތްތަކުން ޒާންގެ މަންމަ އައިމިނަތު އިހުސާނާ ގެ އެކައުންޓް ނަންބަރަށްވެސް ފައިސާ ފޮނުވޭނެ އެވެ.

ފައިސާ ފޮނުވާނީ ބީއެމްއެލް ޑޮލަރު އެކައުންޓް 7770000023486 އަދި ބީއެމްއެލް ފައިސާ އެކައުންޓް 7770000025637 ށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355