އެމްޓީސީސީއިން މާލެ އާއި ހުޅުމާލެ އަދި މާލެ އާއި ހުޅުލެއާއި ދެމެދު ދެމުން ގެންދާ ދަތުރުފަތުރުގެ ހިދުމަތްތަކަށް ބަދަލުތަކެއް ގެނެއްސިއެވެ.
ސިނަމާލެ ބްރިޖް ހުޅުވުމާއި ގުޅިގެން އެމްޓީސީސީއިން މާލެއާއި ހުޅުމާލެ އަދި މާލެ އާއި ހުޅުލެއާއި ދެމެދު ދެމުންގެންދާ ދަތުރުފަތުރުގެ ހިދުމަތްތަކުގެ ތެރެއިން ހުއްޓާލުމަށް ނިންމާފައިވަނީ މާލެ އާއި ހުޅުމާލެއާއި ދެމެދު ދެމުން ގެންދާ އެކްސްޕްރެސް ލޯންޗްގެ ހިދުމަތާއި މާލެއާއި ހުޅުމާލެއާއި ދެމުން ގެންދާ އާންމު ފެރީގެ ހިދުމަތެވެ.
އެމްޓީސީސީއިން މި ހިދުމަތްތަށް ހުއްޓާލުމަށް ނިންމާފައިވަނީ މި ނޮވެމްބަރު މަހުގެ ފަސްވަނަދުވަހުގެ މެންދަމު 12:00 އިން ފެށިގެނެވެ.
އެ ކުންފުނިން ހާމަކުރާގޮތުގައި އާންމު ފެރީ އާއި އެކްސްޕްރެސް ލޯންޗްގެ ހިދުމަތް ހުއްޓާލެވުނު ނަމަވެސް މި ކުންފުނިން މާލެއާއި ހުޅުމާލެއާއި ދެމެދު ދެމުން ގެންދާ ޕްރިމިއަމް ފެރީގެ ހިދުމަތްތައް މިހާރެކޭވެސް އެއްގޮތަށް ކުރިޔަށް ގެންދާނެކަމަށެވެ.
އަދ މީގެ އިތުރުން ހުޅުމާލޭގައި ދެމުން ގެންދާ ބަހުގެ ހިދުމަތްތައްވެސް ޝެޑިއުލްއާއި އެއްގޮތަށް ކުރިޔަށް ގެންދާނެކަމާއި ޝެޑިއުލްތަކަށް އަންނަ ބަދަލަތައް ކުންފުނީގެ ވެބްސައިޓް އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް ކަސްޓަމަރުންނާއި ހިއްސާކުރެވިގެންދާނެކަމަށް އެމްޓީީސީސީ ބުނެ އެވެ.