twitterviber whatsapp telegramfacebookyoutube instagram
7th June 2025

ފިނޭ ސްކޫލުގެ އެންމެ މޮޅު ދަރިވަރަކަށް މާޔާ ހޮވިއްޖެ

Nov 4, 2018

ފިނޭ ސްކޫލުގެ ފާއިތުވިއަހަރު ހުރިހާގޮތަކުން އެންމެ މޮޅުދަރިވަރަކަށް، އެރަށު މަންޒިލް އާއިޝަތު މާޔާ ހޮވިއްޖެ އެވެ.

މިދިޔަ މަހު ފަހު ކޮޅު ބޭއްވި ފިނޭ ސްކޫލުގެ ދިނުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ހަނިމާދޫ ސްކޫލުގެ ޕްރިންސިޕަލް އަބްދުލް މުހުސިން އަބްދުއްލަތީފެވެ.

މި ރަސްމިއްޔާތުގައި މިދިޔަ އަހަރުގެ ސާނަވީ އިމްތިހާނު ނިންމާ، އެންމެ ރަނގަޅު ނަތީޖާ ހޯދާފައިވާ ތިންދަރިވަރުންނަށް އެކަމުގެ އަގުވަޒަންކޮށް އިނާމާއި ޓްރޮފީ ހަވާލުކޮށްދީފައިވެއެވެ.  2017 ވަނަ އަހަރު ފިނޭ ސްކޫލުގެ ޓޮޕް އެޗީވާސް އެވޯޑު ހޯދާފައިވަނީ، މަރިޔަމް ޝިއުނީ، އާއިޝަތު މާޔާ އަދި ނިއުޝާ ޖައުފަރެވެ.

ރަސްމިއްޔާތުގައި ފާއިތުވި އަހަރުގެ އެކިއެކި ގުރޭޑްތަކުން ހާއްސަ ވަނަވަނައަށް ދިޔަ ދަރިވަރުންނަށްވެސް އިނާމުދީފައިވެއެވެ.

އެރޭގެ ހަފްލާގައި 2017 ވަނައަހަރު އޯލެވެލް އިމްތިހާނާއި އެސްއެސްއީ އިމްތިހާނުގައި  %100 ނަތީޖާ ހޯއްދަވާފައިވާ މުދައްރިސުންނަށް އެކަމުގެ އަގުވަޒަންކޮށް ހަނދާނީފިލާ ދީފައިވެއެވެ.

ފިނޭ ސްކޫލްގެ އެންމެ މޮޅު ތިން ދަރިވަރުންނާއެކު ފޮޓޯއަކަށް ހުއްޓިލައިގެން–

2018 ވަނައަހަރު ފިނޭ ސްކޫލުގެ އެކިއެކި ކުލަބުތަކުން ބޭއްވުނު ތަފާތު ހަރަކާތްތަކުގެ ނަތީޖާ ފާޅުކުރި މިރަސްމިއްޔާތުގައި ބެލެނިވެރިންގެ ޚާއްސަ އައިޓަމެއް ހުށަހަޅައިދިންއިރު ހަފްލާ ނިމިގެން ދިޔައީ ދަރިވަރުން ހުށަހަޅައިދިން ރީތި ޝުކުރުގެ އައިޓަމަކުންނެވެ.

ފިނޭ ސްކޫލުގެ 2017 ވަނައަހަރުގެ އިނާމުދިނުމުގެ ރަސްމިއްޔާތުގައި ހދ ހަނިމާދޫ ސްކޫލުގެ ބައެއް ލީޑިންޓީޗަރުންނާއި، މުދައްރިސުން ބައިވެރިވެފައިވެއެވެ. އަދި ފިނޭގެ އެކި މުއައްސަސާތަކުންނާއި ކުލަބު ޖަމިއްޔާތަކުގެ އިސްފަރާތްތަކާއި، ރަށުގެ ގިނައަދަދެއްގެ މީހުން ބައިވެރިވެފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355