twitterviber whatsapp telegramfacebookyoutube instagram
26th April 2024

ފުރަތަމަ ފަހަރަށް ކުޅުދުއްފުށީ ސްކޫލެއްގައި ސްޓާރ އުފައްދާ، ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވައިފި

Nov 4, 2018

ހދ އަތޮޅު ތައުލީމީ މަރުކަޒުގައި “ސްޓާރ ގުރޫޕް” އުފައްދާ، ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ.

ގާލްގައިޑް އެސޯސިއޭޝަނުގެ ދަށުން ހިންގަމުންދާ “ސްޓާރ” އަކީ ޕްރީ ސްކޫލް ގުރޭޑްތަކުގެ އަންހެން ދަރިވަރުންނަށް ހާއްސަ އިތުރު ހަރަކާތުގެ ބޮޑީއެކެވެ.

ސްޓާރ ގެ ހަރަކާތްތައް މިއަހަރު އުފައްދާ، ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިދިޔަ ހޮނިހިރުދުވަހު ހދ އޭއީސީގަ އެވެ. މިހަރަކާތާ ބެހޭގޮތުން ކޭއޯއަށް މައުލޫމާތު ދެއްވަމުން ލީޑިންގ ޓީޗަރު މޫނިސާ ހަސަން ވިދާޅުވީ ސްކޫލުގައި ކުރިއަށްގެންދާ އެހެން އިތުރު ހަރަކާތްތަކާ އެއްގޮތަށް މިހަރަކާތްވެސް ތާވަލާ އެއްގޮތަށް ކުރިއަށްދާނެ ކަމަށެވެ.

ސްޓާރ ކުދިން ހުވާކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން–

ޔޫކޭޖީ އާއި ގުރޭޑް 1 ގެ އަންހެން ދަރިވަރުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ މިހަރަކާތުގައި ގުރޭޑް އެކަކުން 46 ދަރިވަރަކު ވަނީ ހުވާކޮށްފަ އެވެ. މިދަރިވަރުން އަންނަނީ މިއަހަރު ފެށުނީސުރެ ތަފާތު ހަރަކާތްތައް ހިންގަމުންނެވެ.

މޫނިސާ ވިދާޅުވީ މިހަރަކާތުންވެސް ދަރިވަރުންނަށް އަމިއްލަ ދިރިއުޅުމުގެ ކަންތައްތައް ކުރަން ދަސް ވެގެންދާނެކަމަށެވެ. އެގޮތުން ސާފުތާހިރުވުމާއި ދީނީ ކަންތައްތައް ދަރިވަރުންނަށް އުނގަނައިދޭނެ އެވެ.

ސްޓަރ ދަރިވަރުން ބޭއްވި ޕާޓީއެއްގެ ތެރެއިން–

މި ހަރަކާތުގެ އެކްޓްވިޓީސްތައް ކުރިއަށްގެންދަނީ ކޮންމެ ހަފްތާއެއްގެ ބަންދުގައެވެ. މިއީ ސްޓާރގެ ހަރަކާތެއް ކުޅުދުއްފުށީގެ ސްކޫލެއްގައި އުފެއްދި ފުރަތަމަ ފަހަރެވެ. ގާލްގައިޑް، ލިޓިލް މެއިޑް، ކަބުސްކައުޓް، ސްކައުޓް އަދި ކެޑޭޓް ފަދަ ހަރަކާތްތަކީ މިހާރުވެސް ގިނަ ސްކޫލުތަކެއް ކުރިއަށްގެންދާ އިތުރު ހަރާކާތަކެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355