twitterviber whatsapp telegramfacebookyoutube instagram
19th April 2024

ޔޫއެންޑީޕީގެ “ޔޫތް ވިޝަން” ވޯކްޝޮޕް ކުޅުދުއްފުށީގައި ބާއްވައިފި

Nov 4, 2018

ބޮޑުތިލަދުންމަތީގެ ޒުވާނުން ބައިވެރިކޮށްގެން ޔޫއެންޑީޕީން ކުޅުދުއްފުށީގައި ކުރިއަށްގެންދިޔަ ވޯކްޝޮޕް ނިންމާލައިފި އެވެ.

އެއްދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މިވޯކްޝޮޕްގައި ބޮޑުތިލަދުންމައްޗަށް ނިސްބަތްވާ 7 ރަށަކުން 23 ޒުވާނުން ބައިވެރިވި އެވެ. މިވޯކްޝޮޕް ނިމުމުގެ ހަފްލާ ބާއްވާފައިވަނީ ކުޅުދުއްފުށީގައި ހުންނަ ގައުމީ ޔުނިވާސިޓީގެ ކެމްޕަހުގަ އެވެ.

މިވޯކްޝޮޕްގައި ބޮޑަށް އަލިއަޅުވާލާފައިވަނީ ޑެވެލެޕްމަންޓް ވޯކްސްގެ މައްޗަށެވެ. އެގޮތުން ކުރިއަށްދިއުމަށް މުޖުތަމައުގައި ހުރި ހުރަސްތައް ނައްތާލައި އެކަންކަމުގައި އަރައިގަތުމަށް ކުރެވިދާނެ ކަންކަމުގެ މައްޗަށެވެ.

ޔޫއެންޑީޕީ ކުރިއަށްގެންދިޔަ ޔޫތް ވިޝަން ވޯކްޝޮޕްގެ ތެރެއިން–

މިވޯކްޝޮޕްގެ ބައިވެރިން ވަނީ މުޖުތަމައުގައި ހުރި ބައެއް މައްސަލަތަކުގެ މައްޗަށް ތައްޔާރުކޮށްފައިވާ އާރޓް މައުރަޒެއްވެސް ދައްކާލާފަ އެވެ.

ޔޫއެންޑީޕީ ދެކޭގޮތުގައި މިވޯކްޝޮޕްގެ ސަބަބުން ޒުވާނުންނަށް ދިމާވާ މައްސަލަތައް ހައްލުކޮށް ކުރިއަށްދިއުމަށް ފަހިވެގެންދާނެ އެވެ. މިވޯކްޝޮޕްގައި ބައިވެރިވި ށ ފުނަދޫ ބައިވެރިޔަކު ބުނީ މިވޯކްޝޮޕްގެ ސަބަބުން ކުރިން ނޭނގޭ ވަރަށް ގިނަ އެއްޗެހި ދަސްވިކަމަށާއި މިފަދަ ވޯކްޝޮޕެއް ޒުވާނުންނަށްޓަކާ ކުރިއަށްގެންދިޔުމުން ޔޫއެންޑީޕީއަށް ވަނީ އޭނާ ޝުކުރުއަދާކޮށްފަ އެވެ.

11 އަންހެން ކުދިންނާއި 12 ފިރިހެން ކުދިން ބައިވެރިވި މިވޯކްޝޮޕްގައި ހއ އުތީމު، ހދ ކުޅުދުއްފުށި، ނޮޅިވަރަމް، ނޭކުރަންދޫ، ށ ފުނަދޫ، ނޫމަރާ، އަދި މިލަންދޫ އިން ވަނީ ޒުވާނުން ބައިވެރިވެފަ އެވެ.

ޔޫއެންޑީޕީ ކުރިއަށްގެންދިޔަ ޔޫތް ވިޝަން ވޯކްޝޮޕްގެ ތެރެއިން–

ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބަހާލައިގެން ޔޫއެންޑީޕީ ކުރިއަށްގެންދާ މިވޯކްޝޮޕް ގއ، ގދ އަދި އައްޑޫ ސިޓީ އާއި މާލޭ ސިޓީގައިވެސް ކުރިއަށްގެންދާނެކަމަށް އެފަރާތުން މައުލޫމާތުދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355