twitterviber whatsapp telegramfacebookyoutube instagram
9th May 2024

ހދ. އަތޮޅު ކައުންސިލްގެ ނައިބު ރައީސް މަގާމުން ވަކިކުރަން އުޅޭ ކަމުގެ ހަބަރު ލިބިއްޖެ

Apr 14, 2011

އިބްރާހިމް ހަމީދު

އަމިއްލަ ގޮތުން ވާދަކޮށް ހދ އަތޮޅު ކައުންސިލަށް ހޮވިފައިވާ އެކައުންސިލުގެ ނައިބު ރައީސް އަހްމަދު ހަލީލު މަގާމުން ވަކިކުރަން އުޅޭ ކަމުގެ ހަބަރު ލިބިއްޖެއެވެ.

އިތުބާރުހުރި ފަރާތަކުން ކުޅުދުއްފުށީ އޮންލައިނަށް މައުލޫމާތު ދީފައިވާ ގޮތުގައި އެކައުންސިލްގެ އިދާރާގައި އަންގާރަ ދުވަހު އޮތް ކައުންސިލުގެ ބައްދަލު ވުމުގައި އަހްމަދު ހަލީލު މަގާމުން ވަކިކުރުމަށްޓަކައި އިތުބާރުނެތްކަމުގެ ވޯޓެއް ނެގުމަށް އެޖެންޑާ ކުރިވިފައިވެއެވެ. އެހެންނަމަވެސް އަންގާރަ ދުވަހުގެ އެބައްދަލުވުމުގައި ވޯޓަކާއި ހަމައަށް ނުދެވިގެން އުޅެނިކޮށް ޖަލްސާ ނިމިގެން ދިޔަކަމަށް މައުލޫމާތު ލިބެއެވެ.

އެމައްސަލަ ދެންއޮންނަ ޖަލްސާއަކަށް އެޖެންޑާކޮށްފައިވާ ކަމަށް ހަބަރު ލިބެއެވެ. އަތޮޅު ކައުންސިލުގެ ނައިބު ރައީސް އަހްމަދު ހަލީލަކީ އެ ކައުންސިލުގެ ފުރިހަމަ ތާއީދާއިއެކު ނައިބު ރައީސްކަމުގެ މަގާމަށް ހޮވިފައިވާ ބޭފުޅެކެވެ. ނައިބު ރައީސްކަމުގެ މަގާމާ ހަވާލުވެ އަދި މަސްދުވަސް ނުވަނީސް ކައުންސިލުން އިތުބާރުނެތް ކަމުގެ ވޯޓެއް ނަގަން އުޅޭ މައިގަނޑު ސަބަބެއް އަދި ވަނީ އެނގޭގޮތް ނުވެފައެވެ.

އެމްޑީޕީގެ މެޖޯރިޓީ އޮންނަ އަތޮޅު ކައުންސިލުގެ ނައިބު ރައީސް އަހްމަދު ޚަލީލް ފޯނަށް ޖަވާބު ނުދެއްވާތީ ކުޅުދުއްފުށީ އޮންލައިންއަށް އެބޭފުޅާގެ ބަހެއް ލިބޭގޮތްވަނީ ނުވެފައެވެ. އެހެންނަމަވެސް ނަން ހާމަނުކުރުމަށް އެދޭ އެ ކައުންސިލުގައި ހިމެނޭ މެމްބަރެއް ވަނީ އިތުބާރުނެތްކަމުގެ ވޯޓެއް ނެގުމުގެ މައްސަލަ އެޖެންޑާ ކުރެވިފައިވާކަން ކަށަވަރު ކޮށްދެއްވާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355