twitterviber whatsapp telegramfacebookyoutube instagram
26th April 2024

އުރީދޫއިން ތެލެސީމިއާ ސޮސައިޓީ އާއެކު ބްލަޑް ޑޮނޭޝަން ކޭމްޕެއް ބާއްވަނީ

Nov 4, 2018

23 ނޮވެމްބަރ ގައި ބޭއްވުމަށް ހަމަޖެހިފައިވާ ފަން ރަން ކަމަށްވާ އުރީދޫ ކަލަރ ރަން 2018ގެ ޗެރިޓީ ޕާޓްނަރ އަކީ މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީ (އެމް.ޓީ.އެސް) ކަމަށް އުރީދޫ އިން މިއަދު އިއުލާންކޮށް މި ޕަރޓްނާޝިޕްގެ ދަށުން 12 ނޮވެމްބަރ ވާ ހޯމަ ދުވަހު ތެލެސީމިއާ ސެންޓަރގައި ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް ބޭއްވުމަށް ނިންމައިފި އެވެ.

މި ކޭމްޕުގެ މަގްސަދަކީ ތެލެސީމިއާ ޕޭޝަންޓުންނަށް ބޭނުންވާ ލޭ ހޯދުމުގެ އިތުރުން އާދަކޮށް ލޭ ހަދިޔާ ކުރައްވާ ބޭފުޅުންގެ ޑޭޓާބޭސްއަށް އިތުރު ބައިވެރިން ހޯދައި ތެލެސީމިއާ އާއި ބެހޭ މައުލޫމާތު ފޯރުކޮށްދިންކަަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.

މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީ އަކީ ޕޭޝަންޓުންގެ އާއިލާތަކުން އިސްނަގައިގެން 1994ވަނަ އަހަރު އުފައްދާފައިވާ އެން.ޖީ.އޯ އެކެވެ. މި ޖަމިއްޔާގެ އަމާޒަކީ ރާއްޖޭގެ ތެލެސީމިއާ ޕޭޝަންޓުންގެ ދިރިއުޅުމުގެ ފެންވަރު ރަގަޅުކޮށް ތެލެސީމިއާ ކޮމިއުނިޓީ އަށް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ދިވެހިރާއްޖޭގައި 800 އަށް ވުރެ ގިނަ ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓަރ ވެފައިވާއިރު ފާއިތުވެދިޔަ އަހަރުތަކުގައި ތެލެސީމިޔާ ކުދިން ދަނީ އިތުރުވަމުންނެވެ. ވުމާއި އެކު މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީއިން ދަނީ ތެލެސީމިއާ އާއިމެދު އާއްމުންގެ ހޭލުންތެރިކަން އިތުރުކޮށް އެހީތެރިކަން ބޭނުންވާ އާއިލާތަކަށް ސަޕޯޓްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އުރީދޫ ކަލަރ ރަންގެ ޗެރިޓީ ޕަރޓްނާއަށް ވުމާއި އެކު، އެ ކުންފުނިން މަސައްކަތް ކުރަމުންދާނީ ކަލަރ ރަން ޕްލެޓްފޯމް މެދުވެރިކޮށް މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީގެ މި މުހިއްމު މަސައްކަތްތަކަށް އެއްބާރުލުންދިނުމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355