މިއަދު މެންދުރުފަހު ރާއްޖޭގެ އުތުރާއި މެދުތެރެއަށް ވިއްސާރަކޮށް ބައެއް ރަށްތަކާށް ގުގުރުން އެކަށީގެން ވާކަމަށް މެޓް އޮފީހުން ބުނެފިއެެވެ.
24 ގަޑިއިރަށް މޫސުން ލަފާކުރާގޮތުގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެކަމާށާއި ވައިޖެހޭނީ އިރާއި އިރުދެކުނުން ގަޑިއަކު 3 މޭލާ 13 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށްވެސް އެ އިދާރާއިން މައުލޫމާތު ދެއެވެ.
މީގެ އިތުރުން ހަފްތާގެ ފަހުކޮޅު މޫސުން އިތުރަށް ގޯސްވެ ކަނޑުތައްވެސް ގަދަވުން އެކަށީގެން ވާކަމަށާއި މިހާރު ރާއްޖެއަށް ކުރަމުން މިދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރަކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ.
ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ކަނޑުތައް މަޑުވާނެއެެވެ.