twitterviber whatsapp telegramfacebookyoutube instagram
26th April 2024

ރުއްގަސް ކެނޑުމާއި ބޭރުކުރުން ހުއްޓުވުުމުގައި ފަރުދީ ޒިންމާ މުހިންމު: އެންވަރަމެންޓް މިނިސްޓްރީ

Nov 5, 2018

ރަށްރަށުގައި ހުންނަ ރުއްގަސް ކެނޑުން ހުއްޓުވުމަށާއި އެއްރަށުން އަނެއްރަށް ރުއްގަސް ބޭރުކުރުމުގެ މައްސަލަ ހައްލުކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރިކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެފިއެވެ.

ރާއްޖޭގެ ރަށްރަށުން ރުއްގަސް އުފުރުމާއި އެހެން އުފުރާ ރުއްގަސް އެހެން ރަށްރަށަށް ގެންދާ މައްސަލައިގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް މުހައްމަދު ޒާހިރު ވިދާޅުވީ ރާއްޖޭގެ ތިމާވެއްޓަށް ކުރިމަތިވާ މައްސަލަތައް ހައްލުކުރުމަކީ އެ މިނިސްޓްރީގެ އެކަނި ޒިންމާއެއްކަމަށް ދެކިގެން އެމައްސަލަ ހައްލު ނުވާނެކަމަށެވެ. އަދި އެފަދަ މައްސަލަތައް ހައްލު ކުރެވޭނީ ފަރުދީ ޒިންމާވެސް އަދާކޮށްގެންކަމަށް މުހައްމަދު ޒާހިރު ވިދާޅުވިއެވެ.

ޒާހިރު ހާމަކުރިގޮތުގައި އެއީ މުޅި ދައުލަތުގެ ޒިންމާއެއް ކަމަށެވެ. ނޫސްތަކުންނާއި ސޯޝަލް މީޑިއާގައި ކުރިމަތިކުރުވާފައި އޮތް ސުވާލުތަކަށް ބަލާއިރު ފެނިގެންދަނީ މުޅިން ވެސް ތިމާވެއްޓާ ބެހޭ ވުޒާރާޔަށް އަމާޒުވެފައި ވާތަން ކަމަށެވެ. ތިމާވެއްޓާ ބެހޭ ވުޒާރާއިން އެކަނި މި މައްސަލަ ހައްލުނުވާނެކަމަށް ވެސް ޒާހިރުގެ ވާހަކައިގައި ވަނީ ފާހަގަ ކޮށްފައެވެ. ފަރުދީ ޒިންމާވެސް ނަގަންޖެހޭނެ ކަމަށެވެ.

އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ ރަށްރަށުން ރުއް ގަސް އުފުރައިގެން އެހެން ރަށްރަށަށް ބޭރުކުރާ ކަމަށް ބުނާ ވާހަކަތައް ސޯޝަލް މީޑިއާއިން ލިބުނު ނަމަވެސް ގިނަ ފަހަރު އެގޮތަށް ލިބެނީ ސައްހަ މައުލޫމާތު ނޫން ކަމަށެވެ.

އަދި އެހެން ލިބޭ މައުލޫމާތުގެ އަލީގައި އެކަންކަމާމެދު ފިޔަވަޅު އެޅުމަށް ރުއްގަސް ބޭރުކުރިޔަނުދީ ހިފެހެއްޓުމުގެ ސަބަބުން ރުއްގަސް މަރުވުން ފަދަ ކަންކަން ހިނގާފައިވާކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަޖުވަދު މުސްތަފާ ވިދާޅުވީ މުޅި ރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް ބަލަހައްޓާ މުއައްސަސާއެއްގެ ގޮތުގައި އީ.ޕީ.އޭ ކަނޑައަޅާފައި އޮތް ނަމަވެސް ތިމާވެށީގެ މައްސަލަތައް ހައްލުކުރުމުގައި އެ އިދާރާއަށްވެސް ގޮންޖެހުންތަކެއް ހުރިކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355