twitterviber whatsapp telegramfacebookyoutube instagram
7th June 2025

އަތޮޅުތެރޭ މީހުން މާލޭ ދަފްތަރުގައި ޖައްސާ ގޮނޑި އިތުރުކުރުން ގަބޫލެއް ނުކުރެވޭ

Nov 6, 2018

އަތޮޅުތެރޭގެ ރައްޔިތުން މާލޭގެ ދަފްތަރުގައި ޖައްސައި ރައްޔިތުންގެ މަޖިލީހުގެ މާލޭ ދާއިރާތައް އިތުރު ކުރުމަކީ ގަބޫލު ކުރެވޭ ކަމެއް ނޫންކަމެއް ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު ވިދާޅުވެއްޖެ އެވެ.

ރޭ ކުރެއްވި ޓްވީޓެއްގައި މިހެން ވިދާޅުވެފައިވާއިރު މާލޭގެ ދެ ދާއިރާއެއް އަލަށް އިންތިހާބު ކުރެވޭ ރައްޔިތުންގެ މަޖިލީހަށް ވަންނާނެކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދުވަނީ ބުނެފައެވެ.

Raajjetherey rayyithun Male dhaftharuga jassaiggen Male ah gondi ithurukurumakee qaboolu kureveyne kameh noon. pic.twitter.com/TancNx77uz

— Husnu Al Suood (@hsuood) November 5, 2018

އެގޮތުން އިތުރު ކުރުމަށް އީސީން ނިންމާފައިވަނީ މައްޗަންގޯޅީ ދާއިރާއަކާއި ހެންވޭރު ދާއިރާއެކެވެ. އީސީން މި ގޮތަށްނިންމާފައިވަނީ އެ ދެ ދާއިރާގެ އާބާދީއަށް ބަދަލު އައިސްފައި ވާތީ އެވެ.

Male’ ge Henveyru adhi Machchangoalhi ah ithuru 2 dhaairaa ithuru kurun fiyavaa rajjeyge evves inthikhaabee dhaairaa akah adhi inthakakahves badhaleh nugennan EC in nimmaifi pic.twitter.com/czvEc5b8hA

— Elections Commission (@ElectionsMv) November 5, 2018

މައްޗަން ގޯޅިން އިތުރު ދާއިރާއެއް އުފައްދަން ނިންމާފައިވަނީ މައްޗަންގޮޅި މެދު ދާއިރާގެ ނަމުގައެވެ. އަދި ހެންވޭރުން، ހެންވޭރު ހުޅަނގުގެ ނަމުގައި އާ ދާއިރާ އުފައްދަން އީސީން ވަނީ ނިންމާފަ އެވެ.

މާލޭ ދަފްތަރުގައި މީހުން ޖެއްސުން ހުއްޓާލާފައިވަނިކޮށް އަލުން އެފުރުސަތު ހުޅުވާލާފައިވަނީ މިދިޔަ ރިޔާސީ އިންތިހާބާ ކައިރިވެފައި ވަނިކޮށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355