twitterviber whatsapp telegramfacebookyoutube instagram
7th June 2025

ގައުމުގެ ހާލަތު މިހާ ނިކަމެތި ދަރަޖައަކަށް ވެއްޓިގެން ދިއުމުގައި 12 މެމްބަރުންގެ އިހުމާލު ވަރަށް ބޮޑު: ނިޔާޒް

Nov 6, 2018

ގޮނޑި ގެއްލުނުކަމަށް އިލެކްޝަން ކޮމިޝަނުން ކުރިން ނިންމި 12 މެމްބަރުގެ ވާޖިބު ފުރިހަމައަށް އަދާކުރިނަމަ ރައީސް ޔާމީނަށް އަނިޔާވެރި ވެރިކަމެއް ނުކުރެވުނީސްކަމަށް ކުރީގެ އޮޑިޓަރ ޖެނެރަލް ނިޔާޒް އިބުރާހިމް ވިދާޅުވެއްޖެ އެވެ.

ނިޔާޒް އިބްރާހީމް މިހެން ވިދާޅުވީ 12 މެމްބަރުންނަށް އަންނަ މަޖިލިސް އިންތިހާބުގެ ޓިކެޓް ޕްރައިމަރީއަކާ ނުލައި ދޭން ޕާޓީތަކުގެ ލީޑަރު ނިންމުމު އެކަމާ އޭނާގެ ފޭސްބުކް ޕޭޖުގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ނިޔާޒު ވިދާޅުވީ 12 މެމްބަރުންނާ މެދު ކަންތައް ވެގެންދިޔައީ އިންސާފުވެރިކޮށް ނޫން ކަމާ މެދު ޝައްކު ނުކުރައްވާ ކަމަށާއި ނަމަވެސް ގައުމުގެ ހާލަތު މިހާ ނިކަމެތި ދަރަޖައަކަށް ވެއްޓިގެން ދިއުމުގައި 12 މެމްބަރުންގެ އިހުމާލު ވަރަށް ބޮޑު ކަމަށެވެ.

ބެލެވޭގޮތުގައި މެމްބަރު މަޖިލީހަށް ހާޒިރުވެވުނު ދުވަސްތަކުގައި މުސާރަ އާއި އިނާޔާތްތައް ދައުލަތުން ދޭނެ އެވެ. ނިޔާޒު ވިދާޅުވީ ވީމާ 12 މެމްބަރުންނާ މެދު ކަންތައްތައް ވީގޮޮތް އެމީހުންގެ އަމަލުތަކުގެ ކައްފާރާއަކަށް ނުދުފޭ ތޯ އޭނާ ވަނީ ސުވާލު އުއްފަދާފަ އެވެ.

“ބެލެވޭ ގޮތުގައި މަޖިލީހަށް ހާޒިރު ނުވެނުނު ދުުވަސްތަކަށް ވެސް މުސާރަޔާއި އިނާޔަތްތައް ދައުލަތުން ދޭނެ. ވީމާ 12 މެންބަރުންނާ މެދު ކަންތައް ވީގޮތް އެމީހުންގެ އަމަލުތަކުގެ ކައްފާރާއަކަށް ނުފުދޭތޯ؟” ނިޔާޒްގެ ވިދާޅުވި އެވެ.

” ރައްޔިތުންގެ ވިސްނުން ހުރިގޮތް ބެލުމެއް ނެތި ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ތަބަކަކަށްލާފައި ވެދުން ކުރަން ޖެހޭތޯ ؟” ނިޔާޒު އޭނާގެ ޕޯސްޓްގައި ލިޔުއްވާފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355