twitterviber whatsapp telegramfacebookyoutube instagram
23rd April 2024

ރުއް ގަސް ނެގި މައްސަލަ ތަހުގީގު ކުރަން އީޕީއޭގެ ޓީމެއް ށ. އަތޮޅުގަ

Nov 6, 2018

ރާއްޖޭގެ ގިނަ ސަރަހައްދުތަކެއްގައި ގާނޫނާ ހިލާފަށް ރުއް ގަސް ނަގައި ވިއްކާކަމުގެ މައްސަލަ އިތުރުވެފައިވަނިކޮށް އެމައްސަލަ ތަހުގީގު ކުރުމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ޓީމެއް ށ. އަތޮޅަށް ގޮސްފި އެވެ.

ށ ޅައިމަގާއި މާކަނޑޫދޫ އަދި އެއަތޮޅު މިލަންދޫއިން ގާނޫނާ ހިލާފަށް ގިނަ އަދަދެއްގެ ރުއް ގަސް ނެގި މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ. އަދި ޅައިމަގުގައި ކުނިކޮއްޓެއް އެޅުމަށް 219 ރުއް ނަގަން ހުއްދަދީފައިވަނިކޮށް 224 ރުއް ނެގުމާއި ގުޅިގެން އިތުރަށް ނެގި ރުއްތައް އިންދުމަށް އީޕީއޭ އިން ވަނީ އަންގާފަ އެވެ

އީޕީއޭ އިން ށ. އަތޮޅުގެ ރަށްރަށުން ގަވައިދާ ހިލާފަށް ރުއް ގަސް ނަގާ މައްސަލައިގެ ގިނަ ޝަކުވާތަކެއް ލިބެމުން އަންނާތީ އެމައްސަލަ ތަހުގީގު ކުރުމަށް އެތަނުގެ ޓީމެއް އެއަތޮޅުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް އެފަރާތުންވެސް ވަނީ ހާމަކޮށްފަ އެވެ.

A team from EPA is currently travelling in Shaviyani atoll investigating many complaints received regarding illegal removal of trees and palms from several islands. Field assessments are done and discussions are being held with the public. pic.twitter.com/DeVZh8XDKT

— EPA Maldives (@EPAMaldives) November 6, 2018

އެމައްސަލަ ބެލުމަށްފަހު ރައްޔިތުންނަށް އެކަމާއި ގުޅޭގޮތުން މައުލޫމާތު ހިއްސާ ކުރައްވާނެ ކަމަށް ވެސް އީޕީއޭ އިން ބުނެއެވެ.

އެރަށްތަކުގެ އިތުރުން ދބަނޑިދޫ. ބ. ފުޅަދޫ ދ. އުއްދޫ. ގދ. ފަރެސްމާތޮޑާ ކައިރީ އޮންނަ ފަޅުރަށަކާއި ރ. ރަސްގެތީމް، ބ. މާމަޑުއްވަރި، ނ. މާފަރުންވެސް ގަވައިދާ ހިލާފަށް ރުއް ގަސް ނަގައި މައްސަލަ އީޕީއޭގެ ސަމާލުކަމަށް ބައެއް ފަރާތްތަކުން ގެނެސްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355