twitterviber whatsapp telegramfacebookyoutube instagram
25th April 2024

ދިއްދޫގެ ހައުސިން ޔުނިޓްތައް ދޫކޮށްފައިވަނީ ގަވައިދާ ހިލާފަށް: ކައުންސިލް

Nov 6, 2018

ދިއްދޫގައި ގާއިމްކޮށްފައިވާ ހައުސިން ޔުނިޓްތައް ލިބޭ ކަމަށް ކަނޑައަޅާފައިވާ ލިސްޓު ހައުސިން މިނިސްޓްރީން އާންމުކޮށްފައިވަނިކޮށް އެ ލިސްޓް ބަލައި ނުގަތުމަށް ދިއްދޫ ކައުންސިލުން ބުނެފި އެވެ.

އެކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދިއްދޫގެ ހައުސިން ޔުނިޓްތައް ދޫކުރުމަށް ކުރެއްވި މަސައްކަތްތަކަކީ ގާނޫނާ ހިލާފު މަސައްކަތެއްކަމަށެވެ.

ހައުސިން މިނިސްޓްރީއާއި ފެނަކަ ކޯޕަރޭޝަން ރީޖަނަލް އޮފީހާ ގުޅިގެން ދިއްދޫއިން ހައުސިން ޔުނިޓް ދޫކުރުމަށް ކުރި މަސައްކަތަކީ އުފެދުމުގައިވެސް ބާތިލް މަސައްކަތެއްކަމަށްވެސް އެބަޔާނުގައި ބުނެފައި ވެއެވެ.

އަދި ކުރިން ދޫކޮށްފައިވާ 140 ހައުސިން ޔުނިޓަށް އެދި ހުށައަޅާފައިވާ އެންމެހާ ފަރާތްތަކަށް އިންސާފު ލިބިގެން ނޫނީ ދިއްދޫއިން އިތުރު އެއްވެސް ފަރާތްތަކަށް ހައިސިން ޔުނިޓްތައް ދޫކުރުމަކީ އެ ކައުންސިލުން ގަބޫލްކުރާ ކަމެއް ނޫންކަމަށާއި، މީގެ އިތުރުން ހައުސިން މިނިސްޓްރީ ފަހުން ދޫކުރެވުނު 100 ހައުސިން ޔުނިޓަށް އެދި ފޯމް ހުށައެޅުމާއި ބަލައިގަތުމާއި ގުޅޭ އެންމެ ހާ ކަންކަމުގައިވެސް އެ ކައުންސިލް އެއްވެސް ވަރަކަށް ބައިވެރިކޮށްފައި ނުވާ ކަމަށްވެސް އެކައުންސިލުން ބުނެފައިވެއެވެ.

އެގޮތުން ކުރިން ދޫކުރި 140 ހައުސިން ޔުނިޓުތަކަށް އެދި ހުށައެޅި ފަރާތްތަކަށް އިންސާފު ލިބެންދެން ހައުސިން ޔުނިޓުތަކުގެ މުއާމަލާތްތަކުގައި ބައިވެރިނުވާނެ ކަމަށާއި 100 ހައުސިން ޔުނިޓް ދޫކުރުމުގެ ކަންކަން ހައުސިން މިނިސްޓްރީން ކުރިއަށް ނުގެންގޮސް އެ މުއާމަލާތް ބާތިލްކޮށްދިނުމަށް ހައުސިން މިނިސްޓަރ ޑރ މުއިއްޒަށާއި އެ މިނިސްޓްރީގެ ވެރިންނަށް ވެސް ވަނީ އެބަޔާނުގައި ދަންނަވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355