twitterviber whatsapp telegramfacebookyoutube instagram
23rd April 2024

އެންމެ ފަހުގެ ވަސީލަތްތަކާއެކު ފުރަގަސްފަރާތު ބަލީގެ އޮޕަރޭޝަންތައް ކުޅުދުއްފުށީ ހޮސްޕިޓަލުގައި ފަށައިފި

Nov 11, 2018

ހެމޮރޮއިޑް ނުވަތަ ފުރަގަސްފަރާތު ބަލީގެ އޮޕަރޭޝަންތައް އެންމެ ޒަމާނީ ވަސީލަތްތަކާއެކު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަށައިފި އެވެ.

މިއީ ސްޓޭޕްލަރ ބޭނުންކޮށްގެން މިފަދަ އޮޕަރޭޝަނެއް އަތޮޅުތެރޭގެ ހޮސްޕިޓަލެއްގައި ކުރި ފުރަތަމަ ފަހަރެވެ. ސްޓޭޕްލަރ ބޭނުންކޮށްގެން މި އޮޕަރޭޝަންތައް ކުރުމުން މިކަމުގެ ވޭން ކުޑަވެ އަވަހަށް ފަސޭހަވެ އެވެ.

ސްޓޭޕްލަރ އެއް–

ސްޓޭޕްލަރ ބޭނުންކޮށްގެން ކުޅުދުއްފުށީގައި ހޮސްޕިޓަލުގައި ކުރި ފުރަތަމަ އޮޕަރޭޝަންކޮށްފައިވަނީ މިމަހު 7 ވަނަ ދުވަހު އެވެ. މި އޮޕަރޭޝަން ކުރި 32 އަހަރު އަންހެން މީހާގެ ހާލު ރަނގަޅުކަމަށް ހޮސްޕިޓަލުން މައުލޫމާތުދެ އެވެ.

މި އޮޕަރޭޝަން ކުރުމުގައި ބައިވެރިވެފައިވަނީ އެހޮސްޕިޓަލުގެ ސީއީއޯ އަދި މެޑިކަލް ޑިރެކްޓަރު ޑރ މުހައްމަދު ވަހީދެވެ. ޑރ ވަހީދަކީ ސްޓެޕްލަރ ބޭނުންކޮށްގެން އައިޖީއެމް ހޮސްޕިޓަލުގައިވެސް މިފަދަ އޮޕަރޭޝަންތައްކޮށްފައިވާ ޑޮކްޓަރެކެވެ.

ކޭއާރުއެޗްގެ ސީއީއޯގެ އަދި މެޑިކަލް ޑިރެކްޓަރު ޑރ ވަހީދު–

އުތުރުގެ ގިނަ އަދަދެއްގެ ރައްޔިތުން ހިދުމަތް ހޯދަމުން އަންނަ ކުޅުދުއްފުށީ ހޮސްޕިޓަލުން ކުރީގައި ފުރަގަސްފަރާތު ބަލީގެ އޮޕަރޭޝަންތައް ކުރަމުން ގޮސްފައިވަނީ ކަފާލުމަށްފަހު އެ ކަފާލާތަން ފަހައިގެންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355