twitterviber whatsapp telegramfacebookyoutube instagram
19th February 2026

ގައުމީ ދުވަހުގެ ބަހުސް މުބާރާތުން އެއްވަނަ ހއ އަތޮޅު ތައުލީމީ މަރުކަޒު ހޯދައިފި

Nov 11, 2018

ގައުމީ ދުވަހާއި ގުޅުވައިގެން ހއ އުތީމު ކައުންސިލުން އިންތިޒާމުކޮށް ގެން ކުރިއަށް ގެންދިޔަ ބަހުސް މުބާރާތުން އެއްވަނަ ހއ އަތޮޅު ތައުލީމީ މަރުކަޒާއި ހޯދައިފި އެވެ.

ބަހުސް ކުރިއަށް ގެންގޮސްފައިވަނީ “ސިޔާސީ ޕާޓީ ނިޒާމުގެ ސަބަބުން ގައުމިއްޔަތަށް ނޭދެވޭ އަސަރު ކުރޭ” މިމައުލޫގެ މައްޗަށް ހއ.އަތޮޅު ތަޢުލީމި މަރުކަޒާއި ހއ.އަތޮޅު މަދަރުސާ ބައިވެރި ވެގެންނެވެ.

މިމައުލޫއާ އެއްކޮޅަށް ވާހަކަ ދައްކާފައިވަނީ ހއ.އަތޮޅު ތަޢުލީމި މަރުކަޒުންނެވެ. އެއްވަނަ އަށް ދިޔަ ޓީމަށް ވަނީ އުތީމް ކައުންސިލުންނާއި އެރަށު ޖަމިއްޔާއަކުން ފައިސާގެ އިނާމް ދެއްވާފައެވެ. އަދި ސަން ފައުންޑޭޝަންގެ ފަރާތުން ވަނީ މުބާރާތުގައި ބައިވެރިވި ދެ ސުކޫލަށް ހިތްވަރު ދިނުމުގެ ގޮތުން ފައިސާގެ އިނާމެއް ދެއްވާފައެވެ.

ކޮންމެ ސްކޫލަކުން ފަސް ދަރިވަރުން ބައިވެރިވި ބަހުސްއިން އެއްވަނަ ހޯދި ހއ. އަތޮޅު ތައުލީމީ މަރުކަޒަށް އިނާމް ހަވާލުކޮށްދެއްވީ ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ރައީސް ޑރ. ޝަމީމްއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355