ނޮޅިވަރަމް ދާއިރާގެ ސްކޫލުތަކުގައި ކިޔަވާ ދަރިވަރުންނަށް އަންނަ އަހަރުވެސް ކައުންސިލަރު ހުސެެއިން ހަސަން ދަރިވަރުންނަށް ބޭނުންތެރި ބައެއް ސާމާނު ހިލޭ ހަދިޔާކުރަން ނިންމައިފި އެވެ.
ހދ އަތޮޅު ކައުންސިލްގެ ރައީސްކަންވެސް ކުރައްވަމުންދާ ހުސެއިން މިއަހަރުވެސް ނިންމާފައިވަނީ އެދާއިރާގެ ސްކޫލުތަކުގައި ކިޔަވާ ދަރިވަރުންނަށް ސްކޫލު ދަބަހާއި އިންޓަވަލް ފުޅި އަދި ތަށި ހަދިޔާކުރުމަށެވެ.
ހުސެއިން ވިދާޅުވީ އެދާއިރާގައި ކިޔަވާ ކުދިންގެ ތެރެއިން އެތަކެތި ބޭނުންވާ ދަރިވަރުންގެ ބެލެނިވެރިން އޭނާއަށް ގުޅައި ނަންނޯޓްކުރުމަށެވެ. އަދި ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ކޮންމެ ދަރިވަރަކަށްވެސް އެތަނުން ކޮންމެވެސް އެކަށްޗެއް ލިބިގެންދާނެކަމަށެވެ.
ނޮޅިވަރަމް ދާއިރާގައި ހިމެނެނީ ނޮޅިވަރަމާއި ނޮޅިވަރަންފަރެވެ. އެލްކޭޖީ ފަށައިގެން ގުރޭޑް 10 އަކަށް ތަމްސީލު ހާސިލުކުރާ ދަރިވަރުންނަށް މިޕްރޮގުރާމްގެ ދަށުން ތަކެތި ލިބޭނެ އެވެ.
ނޮޅިވަރަމް ދާއިރާގެ ނިކަމެތި ދަރިވަރުންނަށް ކައުންސިލަރުން ހުސެއިންގެ އެހީއެއް !
މިއަހަރުގެ ހުސެއިން ވަނީ އެދާއިރާގެ ސްކޫލުތަކުގައި ކިޔަވާ ދަރިވަރުންނަށް ބައެއް ސާމާނު ހަދިޔާކޮށްފަ އެވެ.