twitterviber whatsapp telegramfacebookyoutube instagram
26th April 2024

އާ ސަރުކާރުން އެދުނު ހުރިހާކަމެއް ބަޖެޓްގައި ހިމަނާފައިނުވާތީ ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅަނީ

Nov 13, 2018

ފިނޭންސް މިނިސްޓްރީ އަންނަ އަހަރަށް ލަފާކޮށް ރައްޔިތުން މަޖިލީހަށް ހުށަހެޅި 29 ބިލިއަން ރުފިޔާގެ ބަޖެޓަކީ އާ ސަރުކާރުން އެދެނު ހުރިހާކަމެއް ހިމަނާފައިނުވާތީ އަންނަ އަހަރު ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅާނެކަމަށް ޓްރާންސިޝަން ކޮމެޓީން ބުނެފި އެވެ.

ޓްރާންސިޝަން މާލީ ކޮމެޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމެޓީގެ ކޯ ޗެއާ އިބްރާހިމް އަމީރު ވިދާޅުވީ މިއަދު ހުށަހެޅި ބަޖެޓަށް ތައްޔާރުވުމަށް އެކަށީގެންވާ ވަގުތު ނުލިބުމާއި ބޭނުންވާ މައުލޫމާތުތައް ލިބިފައިނުވުމުން ބަޖެޓް އޮތީ އާ ސަރުކާރުން ބޭނުންވާ ގޮތަށް ނޫން ކަމަށެވެ.

އަދި މެނިފެސްޓޯގެ ހުރިހާ ވައުދުތަކެއް ހިމަނައިގެން އެކަން ނުވީ މިނިސްޓްރީތަކުންނާއި ދައުލަތުގެ އެކި މުވައްސަސާތަކުން ލިބެންޖެހޭ މިންވަރަށް އެއްބާރުލުން ނުލިބުމުން ކަމަށެވެ.

އަމީރު ވިދާޅުވީ އެހެންވުމުން މި ބަޖެޓަކީ ހަގީގަތުގައި އާ ސަރުކާރުގެ ބަޖެޓެކޭ ނުދެންނެވޭނެ ކަމަށެވެ. އެންމެ އެދެވޭ މައުލޫމާތު ލިބޭނީ އާ ސަރުކާރު ވެރިކަމާ ހަވާލުވުމަށް ފަހު އެވެ. އެހެންވެ އަލުން ހުށަހަޅާ ބަޖެޓް އަންނަ އަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި އެކުލަވައިލެވޭނެކަމަށް އަމީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެންމެ އެދޭގޮތަށް ނުވި ނަމަވެސް އާ ސަރުކާރުން ބޭނުންވާ ކަންކަން ކޮންމެވެސް މިންވަރަކަށް މިއަދު ހުށަހަޅާފައިވާ ބަޖެޓުގައި ހިމަނާފައިވާނެ އެވެ.

އެގޮތުން ފުރަތަމަ ޑިގްރީއާ ހަމައަށް ހިލޭ ތައުލީމް ހާސިލް ކުރުމަށާއި ސްކޫލުތަކުގައި ކިޔަވާ ދަރިވަރުންގެ ނާސްތާ ދިނުމަށް ބަޖެޓު ހަމަޖައްސާފައިވެ އެވެ. އަދި ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް މިހާރު ބޭނުންކުރާ ބަޖެޓު ތިން ގުނަ އިތުރުކޮށް 12 މިލިއަން ޑޮލަރަށް ހަދާފައިވެ އެވެ.

ފެނާއި ނަރުދަމާއަށް 1.2 ބިލިއަން ރުފިޔާ ހިމަނާފައިވާއިރު އަންނަ އަހަރު 72 ރަށެއްގައި އަލަށް އެ މަސައްކަތް ފެށުމަށް ވަނީ ނިންމާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355