twitterviber whatsapp telegramfacebookyoutube instagram
9th May 2024

ކޮންމެ ފުލުހެއްވެސް އިތުރު ޒިންމާތަކެއް ކޮނޑުގައި އެޅިއްޖެކަމަށް ވިސްނައިގެން މަސައްކަތް ކުރުމަށްް އަޕަރ ނޯތު ޕޮލިސް ޑިވިޝަންގެ ކޮމާންޑަރު އިލްތިމާސްކޮށްފި

Apr 13, 2011

އިބްރާހިމް ހަމީދު

މަގާމުގެ ކުރިއެރުން ލިބުނު ކޮންމެފުލުހެއްވެސް އިތުރު ޒިންމާތަކެއް ކޮނޑުގައި އެޅިއްޖެކަމަށް ވިސްނައިގެން މަސައްކަތް ކުރުމަށް  ފުލުހުންގެ އަޕަރ ނޯތު ޑިވިޝަން ކޮމާންޑުގެ އިނިސްޕެކްޓަރ އޮފް ޕޮލިސް އަހްމަދު އަޒްހާން އިލްތިމާސްކޮށްފިއެވެ.

އަޒްހާން މިހެން ވިދާޅުވީ އަޕަރ ނޯތު ޑިވިޝަންގެ ސްޓޭޝަންތަކުގައި މަސައްކަތް ކުރައްވާ ފުލުހުންނަށް މަގާމުގެ ކުރިއެރުން ދިނުމަށް މިއަދު ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި ބޭއްވި ރަސްމިއްޔާތުގައި މަގާމުގެ ކުރިއެރުން ލިބުނު ފުލުހުންނަށް މަގާމުގެ ކުރިއެރުން ހަވާލުކޮށް ދެއްވުމަށްފަހު ފުލުހުންނާ މުހާތަބުކޮށް ދެއްކެވި ވާހަކައިގައެވެ.

އަޒްހާންގެ ވާހަކަ ކުރިޔަށް ގެންދަމުން ވިދާޅުވީ މިއަދު މަގާމުގެ ކުރިއެރުން ލިބުނު ކޮންމެ ފުލުހެއްވެސް އެކުރަމުންދާ މަސައްކަތަށް މިއަދުން ފެށިގެން އިތުރު ޒިންމާތަކެއް އިތުރު ވެގެން ދާނެކަމަށެވެ. ކޮންމެ ފުލުހެއްވެސް ލިބިފައިވާ ތަމްރީންތަކާއި ތައުލީމުގެ ބޭނުން ކޮށްގެން ވިސްނައިގެން މަސައްކަތް ކުރުމަށް އަޒަހާން ނަސޭހަތްތެރިވިއެވެ.

މީގެ އިތުރުން ފުލުހުންނަކީ ހުވައެއް ކޮށްގެން ރައްޔިތުންނަށް ހިދުމަތް ކުރުމަށް ތިބި ބައެއް ކަމަށާއި، އެހިދުމަތް އެންމެ އެކަށީގެންވާގޮތުގައި ލިބިފައިހުރި އިންސާނީ ވަސީލަތްތަކާއި އެހެނިހެން ވަސީލަތްތައް ބޭނުންކޮށްގެން ރައްޔިތުންނަށް ފޯރުކޮށް ދިނުމަށްޓަކައި ހުރިހާ ފުލުހުން ކުރަމުންދާ މަސައްކަތަށް މިއަދުން ފެށިގެން އިތުރު ހަލުއިކަމަކާއި ގެންނަން ޖެހޭކަމަށް ވިދާޅުވިއެވެ.

މިއަދު މެންދުރު ފަހު އޮތް ރަސްމިއްޔާތުގައި  ހދ.އަތޮޅު ކޮމާންޑްގެ ސްޓޭޝަން އިނިސްޕެކްޓަރ އިބްރާހިމް މުހައްމަދު ވާހަކަ ދައްކަ މުން ވިދާޅުވީ ކޮންމެ ކުއްޖަކުވެސް އެވަގުތުން ފެށިގެން މަގާމުގެ ކުރިއެރުން ހޯދުމަށްޓަކައި ގަދައަޅާ މަސައްކަތްތަކެއް ކުރުމަށް އަޒުމް ކަނޑައަޅަން ޖެހޭނެކަމަށެވެ. އަދި ފުލުހުންގެގަވައިދުތަކަށާއި ވާޖިބުތަކާއި އެއްގޮތްވާގޮތުގެ މަތިން އަބަދުވެސް ރައްޔިތުންނާއިހެޔޮގޮތުގައި އެންމެ މަންފާވާ ގޮތުގައި އެހިދުމަތްތައް ފޯރުކޮށްދިމުނަށް ފުލުހުންނަށް ނަސޭހަތްތެރިވިއެވެ.

ހއ. ހދ. އަދި ށ. އަތޮޅުގެސްޓޭޝަންތަކުގައި މަސައްކަތް ކުރައްވާ ފުލުހުންގެ ތެރެއިން 66 ފުލުހަކަށް މަގާމުގެ ކުރިއެރުން ވަނީ ލިބިފައެވެ.

[fpg id=”1302722139_494x623_Police-Promotion.xml”]

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355