އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމެއްގައި 19 މިނިސްޓްރީއެއް އުފައްދާނެ ކަމަށް އިންތިހާބީ ރައީސްގެ އޮފީހުން އިއުލާން ކޮށްފި އެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންތިހާބީ ރައީސްގެ ސްޕޯކްސްޕާސަން، މާރިޔާ އަހުމަދު ދީދީ ވިދާޅުވީ އަލަށް 4 މިނިސްޓްރީއެއް އުފެއްދުމަށް ނިންމާފައިވާ ކަމަށެވެ.
މިހާރު 15 މިނިސްޓްރީ އޮންނަ އިރު އިބޫގެ ސަރުކާރުން އަލަށް އުފެއްދުމަށް ނިންމާފައިބާ މިނިސްޓްރީތަކަކީ، މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަން، މިނިސްޓްރީ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖް، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، މިނިސްޓްރީ އޮފް ސައިންސް، ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީ އެވެ.