twitterviber whatsapp telegramfacebookyoutube instagram
22nd June 2025

ޖޭއެސްސީގެ މެންބަރަކަށް ފާރިޝްގެ ނަން ފާސްކޮށްފި

Nov 13, 2018

ކޯލިޝަންގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށައެޅި ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫންގެ ނަން މަޖިލީހުން ފާސްކޮށްފި އެވެ.

ފާރިސް ގެ ނަން މަޖިލީހުން ފާސްކުރީ މަޖިލީހަށް ހާޒިރުވި 68 މެންބަރުންގެ ތެރެއިން 67 މެންބަރުންގެ އަގުލަބިއްޔަތުންނެވެ.

Dhiggaru Dhaairaage MP Faris Maumoon, Majlis vote gai baiverive vadaigennevi 68 membarunge therein 67 membarunge aghulabiyyathun Judicial Service Commission ge membarakah faas koffi. Maruhabaa MP @afarismaumoon

— MDP Secretariat (@MDPSecretariat) November 13, 2018

ޖޭއެސްސީގެ މެންބަރަކަށް ފާރިސް ހޮވުނުކަން އިއުލާންކޮށް އެމްޑީޕީން ކޮށްފައިވާ ޓްވީޓް–

ފާރިސްގެ ނަން ހުށަހެޅުއްވީ ކިނބިދޫ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރ އަބްދުﷲ ރިޔާޒްއެވެ. އެ ނަމަށް ތާއީދު ކުރެއްވީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ރޮޒައިނާ އާދަމެވެ.

Good luck MP @afarismaumoon. I am sure that you are committed to bringing about the much needed judicial reforms to this country. https://t.co/YhuzcZBKgs

— Yumna Maumoon (@yumna_maumoon) November 13, 2018

ފާރިސްއަށް މަރުހަބާ ކިޔާ ޔުމްނާ މައުމޫން ކޮށްފައިވާ ޓްވީޓް–

ޕީޕީއެމްގެ ފަރާތުން ހުށައަޅާފައިވަނީ ގައްދޫ ދާއިރާގެ މެންބަރު ރަޝީދު ގެ ނަންނަ ޖޭއެސްސީއަށް ހުށައަޅާފައިވަނީ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހްއެވެ. އެނަމަށް ތާއިދު ކުރެއްވީ ކެލާ ދާއިރާގެ މެންބަރު އަލީ އާރިފެވެ.

ނަން
ކޮމެންޓް
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com