twitterviber whatsapp telegramfacebookyoutube instagram
19th April 2026

މަކުނުދޫގައި އެއާޕޯޓް އެޅުމަށް ބޭނުންވާ ދިރާސާ ހެދުމަށް ބަޖެޓްގައި ހިމަނައިފި

Nov 13, 2018

ހދ. މަކުނުދޫގައި އެއާޕޯޓް އެޅުމަށް ކުރަން ޖެހޭ ދިރާސާތައް ކުރުމަށް ބަޖެޓުގައި ހިމަނައިފި އެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި އެ މަޝްރޫއުއަށް 500،000 ރުފިޔާ ވަނީ ބަޖެޓް ކޮށްފަ އެވެ.

ރާއްޖޭގެ އެންމެ ހުޅަނގު ބިތުގައި ވަކިން އޮންނަ މަކުނުދޫއަށް އިންތިހާބީ ރައީސް އިބުރާހިމް މުހައްމަދު ކެމްޕެއިންގައި ކުރެއްވި ދަތުރުފުޅެއްގައި ވަޑައިގަތުމުން އެރަށުގެ ރައްޔިތުން އެއާޕޯޓެއް އަޅައިދެން އެދުމުން އިބޫ ވިދާޅުވެފައިވަނީ ވައިގެ މަގު އެރަށަށް ދަތުރުކުރެވޭނެ ގޮތް ހަދައިދޭނެކަމަށެވެ.

ވައިގެ މަގުން މަކުނުދޫއަށް ދަތުރުކުރެވޭނެ ގޮތް ހަދައިދޭނަން: އިބޫ

މަކުނުދޫގައި އެއާޕޯޓް އަޅުއްވާދެއްވާނެކަމަށް ރައީސް ޔާމީންވެސް ވަނީ ވިދާޅުވެފައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355