twitterviber whatsapp telegramfacebookyoutube instagram
16th August 2026

ކުޅުދުއްފުށީގެ އާބާދީގައި ދިހަހާސް ހަމަވެ، ސިޓީއަކަށް!

Nov 14, 2018

ކުޅުދުއްފުށީގެ އާބާދީގައި ސިޓީއެއްގެ ދަރަޖަ ދިނުމަށް ކަނޑައެޅިފައިވާ އަދަދަށް މީހުން ހަމަވެއްޖެ އެވެ. ގާނޫނު ބުނާގޮތުން އާބާދީގައި ދިހަހާސް ހަމަވުމުން ސިޓީއެއް ދަރަޖަ ލިބިގެންދާނެ އެވެ.

ކުޅުދުއްފުށީގެ އާބާދީގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ވަނީ 10002 މީހުން ހަމަވެފަ އެވެ. އެއީ 5107 ފިރިހެނުންނާއި 4895 އަންހެނުންނެވެ.

ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ކުޅުދުއްފުށީގެ ރަށްްވެހިކަން އެކަށީގެންވާ އަދަދަކަށް ދޫކޮށްލައިފައިވެ އެވެ. ދިހަހާސް ހަމަނުވެ ލަސްވާން ދިމާވީ އެހެންވެ އެވެ.

އެއްވެސް ރަށަކުން ކުޅުދުއްފުއްޓަށް މީހުން ގެނެސް އާބާދުކޮށްފައެއް މިހާތަނަކަށް ނުވެ އެވެ. މާލޭ ފިޔަވައި އިދާރީގޮތުން އެންމެ މީހުން ގިނަ ރަށަކީ ކުޅުދުއްފުއްޓެވެ.

އިންތިހާބީ ރައީސް އިބުރާހިމް މުހައްމަދު ސޯލިޙް ކުޅުދުއްފުއްޓަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅެއްގައި ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ވެރިކަމެއްގައި ކުޅުދުއްފުށީ ތަރައްގީ ކުރާނީ އާބަން ސީޓީއެއްގެ ގޮތުގައި ކަމަށެވެ.

މިހާރު ސިޓީ ދަރަޖަ ދީފައިވަނީ މާލެ އާއި އައްޑޫ އަދި ފޯއްމުލަކު އެވެ. ތަފާތު އެކި ބޭނުންތަކަށް ކުޅުދުއްފުށީގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރައްޔިތުންނާއެކު އާބާދީގައި 12000 މީހުން ދިރިއުޅެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355