twitterviber whatsapp telegramfacebookyoutube instagram
27th April 2024

އާސަންދައިގެ ހޭދަތައް ކޮންޓްރޯލް ނުކުރެވިއްޖެނަމަ ހުއްޓާލަން ޖެހިދާނެ ކަމުގެ އިންޒާރު

Nov 14, 2018

އާސަންދައިގެ ހޭދަތައް ކޮންޓްރޯލް ނުކުރެވިއްޖެނަމަ އެ ހިދުމަތް ހުއްޓާލަން ޖެހިދާނެ ކަމުގެ އިންޒާރު އަންނަ އަހަރު ބަޖެޓުގައި އިންޒާރު ދީފި އެވެ.

އިއްޔެ ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓްރީން ހުށައެޅި ބަޖެޓުގައި ބުނެފައިވަނީ 40 ޕަސެންޓް ކޭސްތަކަށް ހިދުމަތް ދެވެނީ މާލެ ހޮސްޕިޓަލްތަކުން ކަމަށެވެ. އަދި އަތޮޅު ހޮސްޕިޓަލްތަކާއި ރީޖަނަލް ހޮސްޕިޓަލްތަކަށް ވުރެ މާލޭ ހޮސްޕިޓަލްތަކުގެ އަގު ބޮޑު ކަމަށް ރިޕޯޓްގައި ބުނެފައި ވެއެވެ. އަދި އާސަންދަ އިން ދެވޭ ހިދުމަތްތައް ބޭނުންވާ މިންވަރަށް ވުރެ އިތުރަށް ބޭނުން ކުރުމާއި، ޓްރީޓްމަންޓް ގައިޑްލައިނެއް ނުވަތަ ބަލި މީހުންނަށް ދެވޭ ފަރުވާ ރިކޯޑު ކުރެވޭނެ ފަދަ ސިސްޓަމެއް ނެތުމުން، ދެވޭ ހިދުމަތްތައް ޑުޕްލިކޭޓް ވުން ފަދަ ކަންކަން މައިގަނޑު ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމަށެވެ.

މީގެ އިތުރުން އެހެން ގައުމުތަކުގައި ވިއްކާ ބޭހުގެ އަގަށް ބަލާއިރު، ރާއްޖޭގައި ވިއްކާ ބޭހުގެ އަގު 15 ޕަސެންޓާ 75 ޕަސެންޓާ ދެމެދު އަދަދަކަށް ބޮޑުކަމަށް ބުނެފައި ވެއެވެ. އެގޮތުން ބޭހަށް ކުރާ ހޭދަ ކުޑަކުރުމަށް އިންޓަނޭޝަނަލް ހޯލްސޭލް ކުރާ ފަރާތްތަކާ ގުޅިގެން ބަލްކުކޮށް ގަތުމާއި ޖެނެރިކް ބޭސް ޕްރޮމޯޓް ކުރުމާއި ކޯ ޕޭމަންޓް ނަގަން އިސްލާހުތައް އަންނަ އަހަރު ފަށާނެ ކަމަށް އެ ރިޕޯޓްގައި ބުނެފައި ވެއެވެ.

މިކަންކަން އިސްލާހު ކުރުމަށްޓަކައި އަންނަ އަހަރު ސްޓޭންޑާޑް ޓްރީޓްމަންޓް ގައިޑްލައިނެއް އެކުލަވާލުމުގެ މަސައްކަތް ކުރާނެ ކަމަށާއި އިން ޕޭޝަންޓުންނާއި އައުޓް ޕޭޝަންޓުންނަށް ބަލާއިރު، ކޮންމެ 1،000 މީހެއްގެ ތެރެއިން 143 މީހުން އެޑްމިޓްކޮށް، އެވަރެޖްކޮށް އަހަރަކު 5.6 ފަހަރު ހޮސްޕިޓަލުގެ ހިދުމަތް ހޯދާފައިވާ ކަމަށް އެ ރިޕޯޓްގައި ބުނެފައި ވެއެވެ.

އެފަދަ އިސްލާހުތަކެއް އަންނަ އަހަރު ނުގެނެސްފި ނަމަ އާސަންދަ ހިމެނޭ ގޮތުން ދައުލަތުން ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ކުރާ ހޭދައިގެ ކޮންޓްރޯލް ގެއްލި ވަރަށް ބޮޑަށް އިތުރު ވެގެން ދާނެ ކަންވެސް ފާހަގަ ކޮށްފައި ވެއެވެ.

ކަންތައްތަކަށް ތައްޔާރުވެ ފިޔަވަޅު އަޅައިފި ދައުލަތުގެ ހަރަދަށް ބުރަ ބޮޑު ނުވާނެ މިންގަނޑެއްގައި ދެމެހެއްޓިދާނެ ކަމަށް ފިނޭންސް މިނިސްޓްރީން ފާހަގަކުރި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355