twitterviber whatsapp telegramfacebookyoutube instagram
19th April 2026

ހަކުރު ބަލީގެ ދުވަހާއި ގުޅިގެން އޭޑީކޭއިން ހިލޭ ހެލްތް ސްކްރީން ކުރުމުގެ ޕްރޮގްރާމެއް ކުރިޔަށް ދަނީ

Nov 14, 2018

ހަކުރު ބަލީގެ ދުވަހާއި ގުޅިގެން އޭޑީކޭ ހޮސްޕިޓަލްގެ ފަރާތުން ހިލޭ ހެލްތް ސްކްރީން ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް އެބަގެންދެއެވެ.

އޭޑީކޭ ހޮސްޕިޓަލުން މި ޕްރޮގްރާމް މިއަދު ހެނދުނު 10:00 ންހަވީރު 04:00 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވެެއެވެ. ޕްރޮގްރާމު ކުރިއަށް ދާނީ ޑރ ޕާންޑިއަން ވިންގ ގެ 2 ވަނަ ފަންގިފިލާގަ އެވެ.

ހެލްތް ސްކްރީން ކުރުމުގެ ޕްރޮގްރާމުގައި ލޭގެ ޕްރެޝަރާއި ލޭގައި ހަކުރު ހުރި މިންވަރު ބަލައިދިނުމާއި ބަރުދަން ހުރީ އިސްކޮޅާއި ގުޅޭ މިންވަރަށްތޯ ބަލައިދިނުން ކުރިއަށްދާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

މީގެއިތުރުން މި ޕްރޮގްރާމުގައި ހަކުރު ބަލީގެ މީހުންނާއި ހަކުރު ބަލި ނުހުންނަ މީހުންނަށް ހަކުރުބައްޔާއި ގުޅޭ މައުލޫމާތު ދިނުން ކުރިއަށް ދާނެއެވެ.

ހަކުރު ބަލީގެ ދުވަހާއި ގުޅުވައިގެން ހަކުރު ޗެކްކުރުމަށް ބޭނުންކުރާ އެކުއަރ ޗެކް ޕާރފޯމަރ / އެކުއަރ ޗެކް އެވިއަރ ޕްލަސް ސްޓްރިޕް އަދި އެކުއަރ ޗެކް އިންސްޓަންޓް / އެކުއަރ ޗެކް އިންސްޓަންޓް ސްޓްރިޕް އިންސްޓަން ހާއްސަ ޑިސްކައުންޓަކާއިއެކު އޭޑީކޭ ފާރމަސީތަކުން މިމަހުގެނިޔަލަށް ލިބެންހުންނާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355