twitterviber whatsapp telegramfacebookyoutube instagram
23rd April 2024

 އަފީފުއްދީން ސްކޫލުން 47 ދަރިވަރަކު ގުރެޖުއޭޓް ވެއްޖެ

Nov 14, 2018

ކުޅުދުއްފުށީގައި ހުންނަ އަފީފުއްދީން ސްކޫލުން މިއަހަރު ގުރޭޑް ދިހައެއް ނިންމާ 47 ދަރިވަރަކު ގުރެޖުއޭޓް ވެއްޖެ އެވެ.

މިކަމަށްޓަކާ ރޭ އަފީފުއްދީން ސްކޫލުގައި ބޭއްވީ ރަސްމިއްޔާތުގައި ދަރިވަރުންނަށް ސެޓްފިކެޓް ދެއްވާ ޝޭޝް އަޅުވައިދެއްވީ ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލްލަތީފް ހަސަން އެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކައުންސިލްގެ ރައީސް އަބުދުލްލަތީފް ހަސަން ވިދާޅުވީ މިދަރިވަރުންނަށް މަތީ ސާނަވީއަށް ކިޔެވުމުގެ ފުރުސަތު ޖަލާލުއްދީން ސްކޫލުން ފަހިވެފައިވާ ކަމަށާއި ފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ދަރިވަރުންގެ ފަރާތުން އެދުނެވެ.

އަފީފުއްދީން ސްކޫލުގައި ރޭ ބޭއްވި ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން–

ތައުލީމު ނިންމާ ކޮންމެ ދަރިވަރަކުވެސް ސަރަހައްދާއި ރަށަށް ހިދުމަތްކުރުމަށް އޭނާ ގޮވާލެއްވި އެވެ. މިރަސްމިއްޔާތު އަފީފުއްދީން ސްކޫލު ޕްރިންސިޕަލް ނާސިހާ އިދުރީސް ވެސް ވަނީ ވާހަކަދައްކާފަ އެވެ.

ދަސްވެނިވުމުގެ މިރަސްމިއްޔާތުގައި 17 ދަރިވަރަކު ދަސްވާރު ނިންމާ އަދި 9 ދަރިވަރަކު ވަނީ ބީޓެކް ޕްރޮގުރާމް ނިންމާ ސެޓްފިކެޓް ހާސިލްކޮށްފަ އެވެ. ބީޓެކް ދަރިވަރުން ހަދާފައިވަނީ ހޮސްޕިޓާލިޓީގެ ސީ 4 ގެ ކޯހެވެ.

ދަސްވާރު ދަރިވަރުން ހަދާފައިވަނީ ފާމަސީ، ރީޓެއިލް ސާވިސް، އައިޓީ ޓެކްނީޝަން، ކޮމްޕެނީ އެޑްމިނިސްޓްރޭޝަން އަދި ވޯޓަރ ސްޕޯޓްސް އެވެ. މިދަރިވަރުންނަށް ސީ 3 ގެ ސެޓްފިކެޓް ލިބިފައިވެ އެވެ.

އަފީފުއްދީން ސްކޫލުގައި ރޭ ބޭއްވި ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން–

މިރަސްމިއްޔާތުގައި ސްކޫލުގެ ބެލެނިވެރިންނާ ޓީޗަރުން އަދި ދަރިވަރުން ބައިވެރިވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355