twitterviber whatsapp telegramfacebookyoutube instagram
23rd April 2024

އަންނަ އަހަރަށް ކުޅުދުއްފުއްޓަށް އާ މަޝްރޫއުއެއް ނެތް!

Nov 15, 2018

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހެޅި ބަޖެޓްގައި ކުޅުދުއްފުއްޓަށް އަލަށް ހިންގާނެ މަޝްރޫއުއެއް ހިމަނާފައިނުވެ އެވެ.

ކުޅުދުއްފުށީގައި ފަށާފައިވާ މަޝްރޫއުތަކުގެ ތެރޭގައި ގިނަ މަޝްރޫއުތަކެއް ނިންމަން އަދި އިތުރު ބައެއް ކަންތައްތައް ކުރަން ބަޖެޓްގައި ހިމަނާފައިވެ އެވެ. އެގޮތުން ކުނި ކަލެޓްކުރާ ވެހިކަލު ހޯދުމަށް ބަޖެޓްގައި ހިމަނާފައިވާއިރު ހަދަމުންދާ މަގުތަކުގައި މަގު ބައްތި ޖެހުމަށްވެސް ހިމަނާފައިވެ އެވެ.

ސަރުކާރުން އިއުލާންކޮށް އަމަލީ މަސައްކަތް މިހާތަނަށްވެސް ފަށާފައިނުވާ ކުޅުދުއްފުށީ ހާބާރ އެކްސްޕެންޝަން ޕްރޮޖެކްޓް މި އަހަރުވެސް ބަޖެޓްގައި ހިމަނާފައިވެ އެވެ. އޭޑީބީގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދަން ހަމަޖެހިފައިވާ މި މަޝްރޫއު ހިންގުމަށް މިއީ ސަރުކާރުން ބަޖެޓްގައި ހިމެނި 5 ވަނަ އަހަރެވެ.

ކުޅުދުއްފުށީގައި މިހާރު ހިންގަމުންދާ މަޝްއޫރުތަކަށް ބަލާއިރު މަގުހެދުމާއި ޔޫތް ސެންޓަރު ހެދުމާއި ޓާފް ގުރާސް ދަނޑު ހެދުމާއި ކަސްޓަމްސް އޮފީސް ހެދުމަށް އަންނަ އަހަރަށް ލަފާކުރި ބަޖެޓްގައި ހިމަނާފައިވެ އެވެ. އަދި ރިޓެންޝަންގައި ހުރި މަޝްރޫއުތަކަށް ބަލާއިރު ކެމްޕަހުގެ އޮޑިޓޯރިއަމް މަސައްކަތާއި ލޯކަލް މާރުކޭޓް، އެއާޕޯޓްގެ ބިންހިއްކުމަށް ކުރިއަށްގެންދިޔަ މަޝްރޫއުތަކަށް ވާ ފައިސާ ބަޖެޓްގައި ޖަހާފައިވެ އެވެ.

އަންނަ އަހަރުގެ ބަޖެޓްގައި ކުޅުދުއްފުށީގައި އަލަށް ފަށަން އެންމެ މަޝްރޫއުއެއް !

ފިނޭންސް މިނިސްޓްރީ އަންނަ އަހަރަށް ލަފާކޮށް ރައްޔިތުން މަޖިލީހަށް ހުށަހެޅި 29 ބިލިއަން ރުފިޔާގެ ބަޖެޓަކީ އާ ސަރުކާރުން އެދެނު ހުރިހާކަމެއް ހިމަނާފައިނުވާތީ އަންނަ އަހަރު ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅާނެކަމަށް އިންތިހާބީ ރައީސް އިބުރާހިމް މުހައްމަދު ސޯލިހްގެ ޓްރާންސިޝަން ކޮމެޓީން ވަނީ ހާމަކުރައްވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355