twitterviber whatsapp telegramfacebookyoutube instagram
27th April 2024

ކޮތަނބިރިފެން ތައިރޮއިޑަށް ރަނގަޅު ފަރުވާއެއް!

Nov 20, 2018

ތަރައްގީވަމުން ދާ ދުނިޔޭގައި ކޮންމެ އިންސާނެއްގެ ވެސް އެންމެ ބޮޑުއުންމީދަކަށް ވާނީ ފުރިހަމަ ސިއްހަތެއްގައި ދިރިއުޅުމަށް މަސައްކަތް ކުރުންކަން ޔަގީނެވެ.

އެހެން ނަމަވެސް ކޮންމެ ދުވަހެއް ވެސް މި ނިމިގެން ދަނީ ކޮންމެވެސް ބޮޑު ބައްޔަކާ ހަނގުރާމަ ކުރަމުންދާ ފަރާތް ތަކުގެ ހިތްދަތި ކަމުގެ ވާހަކަތަކުންނެވެ. އުންމީދަކީ އަދި ދުޢާ އަކީ ކުޑަ ނަމަވެސް ބައްޔެށް ތަހަމަލުކުރަމުންދާ ފަރާތްތަކަށް އަވަސް ޝިފާއެއް މާތްﷲ މިންވަރު ކުރެއްވުމެވެ.

އަޅުގަނޑުމެންގެ މި ދިވެހި މުޖުތަމައުގައިވެސް މިހާރަކަށް އައިސް ވަރަށް ގިނަ ފަރާތަކަކުން ދަނީ ތައިރޮއިޑް ބަލީގެ ވޭން ތަހައްމަލު ކުރަމުންނެވެ.

ތައިރޮއިޑް މަތިވުން ނުވަތަ ތައިރޮއިޑް ގުލޭންޑްގެ މަސައްކަތް ހަލުވިވެ ހައިޕަތައިރޮއިޑްޒަމް އިތުރުވުމަކީ ވަރަށް އާންމު ސިއްހީ މައްސަލައެކެވެ.

ތައިރޮއިޑް ގްލޭންޑް އަކީ ދަތްދޮޅިއަށް ވުރެންތިރިން ކަރުގައި އިންނަ ގްލޭންޑް އެކެވެ. ހަށިގަނޑުގައި ހިނގާ ވަރަށް ގިނަ މަސައްކަތްތަކަށް އެހީތެރިވެދީ އަދި މަސައްކަތުގައި ބައިވެރިވާ ހޯމޯންތައް، ތައިރޮކްސިން ހޯރމޯން އަދި ޑްރައިއަޔޯޑޯ ތައިރޮނީން ހޯރމޯން މި ގުލޭންޑްގައި އުފައްދައެވެ.

އެހެންކަމުން މި ގުލޭންޑްގެ މަސައްކަތް ބުރޫއަރާ ކޮންމެ ކަމަކީ އޭގެ ސަބަބުން ހަށިގަޑުގެ ގިނަ މަސައްކަތަށް އޭގެ ނޭދެވޭ އަސަރު ފޯރާނެ ކަމެކެވެ. ކާތަކެތި ހަށިގަނޑަގެ ސެލްތަކަށް ބޭނުންވާ ހަކަތަ ހޯދުމަށް ހިންގާ މަސައްކަތް މެޓަބޮލިޒަމް ކޮންޓްރޯލް ކުރާނީވެސް ތައިރޮއިޑް ގުލޭންޑުނެވެ.

އެހެންކަމުން ތައިރޮއިޑްގެ މައްސަލަ ދިމާވުމުން ހިތަށްވެސް ނުގެނެވޭފަދަ ނުރައްކާތެރި ގިނަ ކަންތައްތަކެއް ދިމާވެއެވެ. ސިއްހީ ގޮތުން ދިމާވާ ކުދި ކުދި ކަންތައް ކަމަށް ހީކޮށްގެން ތިބޭ ކަންތައްތައް ފަރުވާއާއި ހިސާބަށް ދެވޭއިރު އޮންނަނީ ވަރަށް ބޮޑަށް ނުރައްކާވާ ހިސާބަށް ގޮއްސައެވެ.

ހައިޕާ ތައިރޮއިޑިޒަމް ޖެހުމުން ފެނިދާނެ ބައެއް އަލާމާތް ތަކުގެ ތެރޭގައި ކަންކަމާ މާބޮޑަށް ހިތްހަމަނުޖެހުން، ހިތް ނުތަނަވަސްވުން، މިޒާޖަށް ބަދަލުއައުން، ކުއްލިއަކަށް ރުޅިގަދަވުން، މާއަވަހަށް ވަރުބަލިވުން، ގައިގެ މަސްތަކުގެ ވަރު ދެރަވުން، އަދި އަތް ތުރުތުރު އެޅުން، ހިތުގެ ތެޅުން އަވަސްވުން، ނޭވާލާން އުނދަގޫވުން، ހަށިގަނޑު ހޫނުވުން، މާބޮޑަށް ދާހިއްލުން، ހަށިގަނޑުގައި ރަތްކަމެއް އުފެދުން އަދި ހަންގަނޑު ހިރުވުވައި ކެހުން ފަދަކަންތަށް ދިމާވެއެވެ. އަދި ހަންގަޑު ތުނިވުމާއި އާންމުކޮށް ދެވޭ ވަރަށް ވުރެން އިތުރަށް ބޮޑުކަމު ދެވުން ހިމެނެއެވެ. ބައެއް ފަހަރު ބޭރަށް ހިންގާ ބޮލުން އިސްތަށިފޭބުމާއި އިސްތަށިގަނޑު ތުނިވުމާއި ބަރުދަން ލުއިވުމަކީވެސް ބައެއް މީހުންނަށް ދިމާވާ މައްސަލައެކެވެ.

މިބައްޔަކީ ވެސް ފަރުވާ ކުޑަ ކޮށްލައިފިނަމަ އޭގެ ސަބަބުން ނޭދެވޭ މައްސަލަތަކެއް ކުރިމަތިވެދާނެ ބައްޔަކަށްވުމުން ބަލީގެ އުނދަގޫ މާބޮޑަން ކުރިމަތި ނުވިއަސް ޓެސްޓް ތަކުން މި ބަލި ހުރިކަމަށް ދައްކާނަމަ، ޑޮކްޓަރުގެ ލަފާގެ މަތިން ބަލީގެ ފަރުވާ ކުރިއަށް ގެންދިއުމެވެ.

ޑޮކްޓަރީ ބޭސް ބޭނުންކުރުމުގެ އިތުރުން ހަފްތާއެއް ވަންދެންމެދުނުކެނޑި ކޮތަނބިރިފެން ބޭނުން ކޮށްފިނަމަ ތައިރޮއިޑް ބައްޔަކީ ރަނގަޅު ކުރެވިދާނެ ބައްޔެއްކަމަށް ދިރާސާ ތަކުން ދައްކައެވެ.

ހަފްތާއެއް ވަންދެން ކޮންމެދުވަހަކު ހެނދުނު ހުސްބަޑާހުރެ ކޮތަނބިރި ފެން ބޯށެވެ. ކޮންމެ ފަހަރަކު އާދައިގެ ބިއްލޫރި ތައްޓެއްހާ ފެން ބޯންވާނެވެ.

ހަފްތާއެއްގެ ފަހުން ޑޮކްޓަރަށް ގޮސް ޓެސްޓް ކޮށްލާށެވެ. އިރާދަކުރެއްވިއްޔާ އެދެވޭ ނަތީޖާ ފެންނާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355