twitterviber whatsapp telegramfacebookyoutube instagram
20th April 2024

އެޑިއުކޭޝަނުން ވިދާޅުވިނަމަވެސް ހދ އޭއީސީގެ އާ އިމާރާތް ބަޖެޓަކު ނެތްކަން ހާމަވެއްޖެ

Nov 15, 2018

ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ޖާގައިގެ މައްސަލަ ހައްލުކުރުމުގެ ގޮތުން އެ ސްކޫލުގައި އަންނަ އަހަރު ކުލާސް ރޫމް އިމާރާތެއް އަޅަން ބަޖެޓްގައި ހިމަނާފައިވާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީ ހާމަކޮށްފައިވީނަމަވެސް އެއިމާރާތްތަށް ވާ ފައިސާ ބަޖެޓްގައި ނެތްކަން ހާމަވެއްޖެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ކުރިން ބުނެފައިވަނީ ހދ އޭއީސީއަށް ދިމާވެފައިވާ ޖާގައިގެ މައްސަލަ ހައްލުކުރުމަށް އަންނަ އަހަރު ބަޖެޓްގައި ހިމަނާނެކަމަށެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ޕޮލިސީ ޕްލޭނިންގ އެންޑް ރިސާޗް ޑިވިޝަން ހެޑް އާސިފް މިދިޔަ އޮކްޓޯބަރުމަހު ކޭއޯއަށް ދެއްވި އިންޓަވިއުގައި ވިދާޅުވެފައިވަނީ އޭއީސީއަށް ކުރިމަތިވެފައިވާ ޖާގައިގެ މައްސަލަ ހައްލުކުރުމަށް ހަތަރު ބުރީގެ 12 ކުލާސް ރޫމްގެ އާ އިމާރާތް ހެދުމަށް އަންނަ އަހަރުގެ ބަޖެޓްގައި ހިމަނާފައިވާކަމަށެވެ. އެ އިމާރާތްތަކާއެކު ޖާގައިގެ މައްސަލަ މުޅިން ހައްލުވެގެންދާނެ ކަމަށެވެ.

ނަމަވެސް ފިނޭންސް މިނިސްޓްރީން އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހެޅި ބަޖެޓްގައި ހދ އޭއީސީގައި އަންނަ އަހަރު އިމާރާތްކުރަން އެޑިއުކޭޝަނުން ހާމަކުރެއްވި ހަތަރު ބުރީގެ ކުލާސް ރޫމް މަޝްރޫއުއެއް ނެތެވެ. އެލްކޭޖީ ފެށިގެން ގުރޭޑް 8 ހަމައަށް، 1300 ވުރެގިނަ ދަރިވަރުން އެސްކޫލުގައި ތައުލީމު ހާސިލުކުރަމުންދާއިރު އަންނަ އަހަރު އެސްކޫލުގައި ގުރޭޑް 9 އުފައްދަން ވަނީ ނިންމާފަ އެވެ.

2015 ވަނަ އަހަރުން ފެށިގެން އެސްކޫލުގެ ޖާގައިގެ މައްސަލަ ހައްލުކޮށްދެއްވާނެކަމަށް އެޑިކޭޝަން މިނިސްޓްރީން އަންނަނީ ވިދާޅުވަމުންނެވެ. ނަމަވެސް މިހާތަނަށް އައިއިރުވެސް އެމައްސަލައަށް ވަނީ އެދެވޭ ހައްލެއް ހޯދައިނުދެވިފަ އެވެ.

ހދ އޭއީސީގައި އަންނަ އަހަރު ގުރޭޑް 9 އޮންނާނެ، ޖާގަވެސް ލިބޭ: އެޑިއުކޭޝަން

ޖާގައިގެ މައްސަލައަކީ ހދ އޭއީސީއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައެއް އެވެ. އެ މައްސަލާގައި އެސްކޫލުގެ ބެލެނިވެރިންވެސް ދަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355