twitterviber whatsapp telegramfacebookyoutube instagram
29th March 2024

ޖަލާލުއްދީން ސްކޫލުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފި

Nov 16, 2018

ޖަލާލުއްދީން ސްކޫލުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފި އެވެ. މިރަސްމިއްޔާތު ބާއްްވާފައިވަނީ ރޭ ޖަލާލުއްދީން ސްކޫލް ހޯލުގަ އެވެ.

މަތީ ސާނަވީން އެވްރެޖް 40 އިންސަތައަށް ވުރެ މަތި ހޯދައިގެން 26  ދަރިވަރަކު ވަނީ ދަސްވެނިވިކަމުގެ ސެޓްފިކެޓް ހާސިލުކޮށްފައިވެ އެވެ. އަދި ސާނަވީ އިންތިހާނުތަކުން 40 އިންސަތައަށްވުރެ މަތި ހޯދައިގެން 58 ދަރިވަރަކު ވަނީ ސެޓްފިކެޓް ހޯދާފަ އެވެ.

ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން–

ދަސްވާރު ކޯސްތައް ނިންމާ 37 ދަރިވަރަކު ވަނީ ސެޓްފިކެޓް ހާސިލުކޮށްފަ އެވެ. ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ދަރިވަރުންނަށް ސޭޝް އަދި ސެޓްފިކެޓް ހަވާލުކޮށްދެއްވީ ގައުމީ ޔުނިވަރސިޓީގެ ލެކްޗަރަރ މުހައްމަދު ހުސެއިން އެވެ.

ދަރިވަރުންނާ މުހާތަބުކުރައްވާ ވާހަކަދައްކަވަމުން މުހައްމަދު ހުސެއިން ވިދާޅުވީ ހަޑި މަސައްކަތްތަކެއް ނުހުންނާނެ ކަމަށާއި ހަލާލު ކޮންމެ މަސައްކަތްތަކީ ރަނގަޅު ވަޒީފާއެއް ކަމަށެވެ. މަސައްކަތުގެ ދާއިރާއިން ކުރިއަށްދާ ބޭނުންވާ ދަރިވަރުންނަށްވެސް ފުރުސަތުތަކެއް ހުރިކަން ކަމަށާއި އެ ފުރުސަތުގެ ބޭނުންތައް އެންމެ ރަނގަޅަށް ހިފުމަށް އޭނާ އެދިލެއްވި އެވެ. އަދި ތައުލީމީ ގޮތުން ކުރިއަށްދާ ބޭނުންވާ ދަރިވަރުންނަށް ހުރި ފުރުސަތުތަކާ ބެހޭގޮތުންވެސް ވާހަކަދެއްކެވި އެވެ.

ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން–

ޖަލާލުއްދީން ސްކޫލުގެ ޕްރިންސިޕަލް އައިމިނަތު މުހައްމަދު މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވިދާޅުވީ ކޮންމެ ވަޒީފާއަށް ދިޔަކަމުގައިވިޔަސް އިހްލާސްތެރިކަން އިސްކުރަން ޖެހޭ ކަމަށެވެ. އަދި ސާނަވީ އާއި ދަސްވާރު އަދި ބީޓެކް ނިންމި ދަރިވަރުން އަންނަ އަހަރު އެދާއިރާތަކުގެ މަތީ ކޯސްތަކުގައި ބައިވެރިވުމަށް އެދިލެއްވި އެވެ. އެ ދާއިރާތަކުގެ މަތީ ޕްރޮގުރާމްތައް އެ ސްކޫލުގައި ރޭވިފައިވާކަން ފާހަގަކުރައްވާ އެފުރުސަތުގެ ބޭނުން ހުރީހާ ދަރިވަރުން ހިފުމަށް އައިމިނަތު އެދިލެއްވި އެވެ

ޖަލާލުއްދީން ސްކޫލުގައި ދަސްވާރުގެ 6 ކޯހެއް ހިންގާފައިވެ އެވެ. އެއީ ވޯޓަރ ސްޕޯޓްސް، ފޮޓޯގުރަފީ، އިލެކްޓްރިޝަން، ރީޓެއިލް ސާވިސަސް، ފުރޮންޓް އޮފީސް އަދި ފާމަސީ އެވެ.

ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން–

ދަސްވެނިވުމުގެ މިރަސްމިއްޔާތުގައި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ދިރާގު ކުޅުދުއްފުށީ އޮޕަރޭޝަން ސެންޓަރުގެ މެނޭޖަރު އަބުދުﷲ ޞާދިގް، އަފީފުއްދީން ސްކޫލު ޕްރިންސިޕަލް ނާސިހާ އިދުރީސް، ގައުމީ ޔުނިވަރސިޓީގެ ލެކްޗަރަރ މުހައްމަދު ޝަމްޢޫން އެވެ. މިރަސްމިއްޔާތުގައި ދަރިވަރުންނާއި ގިނަ އަދަދެއް ބެލެނިވެރިން ބައިވެރިވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355