twitterviber whatsapp telegramfacebookyoutube instagram
16th September 2025

އެޑިއުކޭޝަން މިނިސްޓްރީއަކީ ވަރަށް ބޮޑަށް ދޮވެ ތާހިރުކުރަން ޖެހޭ ތަނެއް: ޕްރިންސިޕަލް ޒިޔާދު

Nov 17, 2018

އެޑިއުކޭޝަން މިނިސްޓްރީއަކީ ވަރަށް ބޮޑަށް ދޮވެ ތާހިރުކުރަން ޖެހިފައިވާ ތަނެއްކަން ޕްރިންސިޕަލް ޒިޔާދު ރަޝާދު ވިދާޅުވެއްޖެ އެވެ.

ނައިފަރު ސްކޫލުގެ ޕްރިންސިޕަލްގެ މަގާމުގައި ހުއްޓާ މިދިޔަ ސެޕްޓެމްބަރުމަހު ވަޒިފާއިން ވަކިކޮށްފައިވާ ޒިޔާދު ރަޝާދު ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އެޑިއުކޭޝަން މިނިސްޓްރީގައި ތިއްބެވި ސިޔާސީ ފަރާތްތަކުން ބަދަލުވުމަކުން އަދި ނުވާނެ ކަމަށެވެ.

އެ މިނިސްޓްރީން ސްކޫލުތަކާއި އަދި ތައުލީމީ ދާއިރާގެ މުވައްޒަފުންނާ މެދު ހިންގި ބޮޑެތި “ޖަރީމާ” ތަކުގެ މުގުލުގައި އެކި ފެންވަރުގެ ވެރިން ތިބި ކަމަށާއި އެމީހުންނަށް ފިލާވަޅެއް ލިބި އިސްލާހު ވެގެން ނުވަތަ ބަދަލުކޮށްގެން މެނުވީ ތައުލީމީ ދާއިރާ ހިންދެމިނުލެވޭނެކަމަށް ޒިޔާދު ވިދާޅުވި އެވެ.

ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލްގެ މަގާމުވެސް ފުރުއްވާފައިވާ ޒިޔާދު ރަޝާދު ފާހަގަކުރެއްވިފައިވަނީ ތައުލީމީ ދާއިރާއާ ދޭތެރޭ މިނިސްޓްރީން ގެންގުޅޭ ބައެއް ދޯދިޔާ ސިޔާސަތުތަކަށް ފާޅުގައި ފާޑުވިދާޅުވާ ބޭފުޅެއްގެ ގޮތުގަ އެވެ. އަދި ޕްރިންސިޕަލުން ބާރުވެރިކުރުވުމަށްވެސް އޭނާ ދަނީ އަޑުއުފުލަމުންނެވެ. އެކަމުގެ ސަބަބުން މީގެ ކުރިން އެކި ފަހަރު މަތިން މިނިސްޓްރީއަށް އޭނާ ހާޒިރުކޮށްފައިވެސް އެހުއްޓެވެ.

2016 ވަނަ އަހަރުތެރޭގައިވެސް ޒިޔާދު ރަޝާދު ވަނީ ވަޒީފާއިން ވަކިކޮށްފައެވެ. ނަމަވެސް އެކަން ބާތިލްކޮށް ހަމަ އެއަހަރު އޭނާއަށް ވަނީ އަލުން ވަޒީފާ ދީފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355