twitterviber whatsapp telegramfacebookyoutube instagram
16th August 2026

އާ ސަރުކާރުގެ ކެބިނެޓް އިއުލާން ކުރުން މިރޭ

Nov 17, 2018

އިބްރާހީމް މުހައްމަދު ސޯލިހު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގެ ހުވާ ކުރެއްވުމަށްފަހުމި ސަރުކާރުގެ ކެބިނެޓް އިއުލާން ކުރުން މިރޭ އޮންނާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

އިބްރާހީމް މުހައްމަދު ސޯލިހުގެ ކެބިނެޓަށް އައްޔަނު ކުރައްވަނީ އެޓާނީ ޖެނެރަލްގެ އިތުރުން، 19 މިނިސްޓަރުންނެވެ.

މި ރަސްމިއްޔާތިގައި ކެބިނެޓްގެ މިނސްޓަރުންގެ ގާނޫނީ ހުވާކުރެއްވުމާއި އެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވުން އޮންނާނެ އެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެންމެ އިސް މަގާމުތަކަށް އައްޔަނު ކުރައްވާ ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވުންވެސް މިރޭ އޮންނާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ކެބިނެޓާއި ބެހޭގޮތުން ގޮތް ނިންމާފައިމިވަނީ ރިޔާސީ އިންތިހާބު ކާމިޔާބުކުރި ކޯލިޝަންގެ ހަތަރު ލީޑަރުންނާއެކު މަޝްވަރާ ކުރުމަށްފަހު އެވެ.

އެގޮތުން ކެބިނެޓް އެކުލަވާލަން ހަމަޖެހިފައިވަނީ ޕާޓީތަކަށް ބަހާލައިގެންނެވެ. ޖުމްލަ 19 މިނިސްޓަރުން ކެބިނެޓްގައި ތިއްބަވާއިރު 40 ޕަސެންޓް ދޭނީ އެމްޑީޕީއަށެވެ. ޖުމްހޫރީ ޕާޓީއަށް 25 ޕަސެންޓް ދޭން ނިންމާފައިވާއިރު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ދެނީ 20 ޕަސެންޓެވެ. އަދާލަތު ޕާޓީއަށް ދޭން ނިންމާފައިވަނީ 15 ޕަސެންޓެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355