twitterviber whatsapp telegramfacebookyoutube instagram
20th April 2024

ވަޒީރުކަމާ ހަވާލުވީ ޓައި އަޅައިގެން އިންނާކަށް ނޫން: މަހްލޫފް

Nov 18, 2018

ބޭނުންވަނީ ޒުވާނުންނާއި ކުޅިވަރުގެ ދާއިރާއަށް ބޮޑު ބަދަލުތަކެއް ގެނައުން ކަމަށް މި ސަރުކާރުގެ މިނިސްޓަރ އޮޕް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމަނިކުފާނު ވަޒީރުކަމައި ހަވާލުވީ ޓައި އަޅައިގެން އިންނަން ނޫންކަމަށާއި ބޭނުމަކީ ޒުވާނުންނާއި ކުޅިވަރުގެ ދާއިރާއިން ބޮޑު ބަދަލެއް ގެނައުންކަމަށެވެ.

Alhugandu havaaluvee vazeerukamuga tie alhaigen innaakahnoon.

Beynumakee zuvaanunnaai kulhivaruge dhaairaain bodu badhaleh genaun.

Raeesuljumhooriyya @ibusolih ge irushaadhaaieku iraadhakureviyyaa natheejaa neredheynan.

Rayyithunge khiyaalaai faadukiyun ufalaaeku balaigannaanan.

— Ahmed Mahloof (@AhmedMahloof) November 18, 2018

އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިރުޝާދާއެކު ނަތީޖާ ނެރެދޭނަން ކަމަށާއި ރައްޔިތުންގެ ހިޔާލާއި ފާޑުކިއުންތައްވެސް އުފަލާއިއެކު ބަލައިގަންނާނެ ކަމަށްވެސް ޓްވީޓްގައި ބުނެފައި ވެއެވެ.

ދާދިފަހުން މަހުލޫފަށްވަނީ ޑިފެންޑާސް އޮފް ޑިމޮކްރަސީ އެވޯޑް ވެސް ލިބިފައެވެ. މި އެވޯޑަކީ ޑިމޮކްރަސީ އާއި ޑިމޮކްރަސީގެ އުސޫލުތައް ދިފާއު ކުރުމަށް މަސައްކަތް ކުރާ މީހުންނަށް ޕާލަމެންޓޭރިއަންސް ފޯ ގްލޯބަލް އެކްޝަން އިން ދޭ އެވޯޑެކެވެ.

މި ސަރުކާރުގެ ޔޫތް މިނިސްޓަރުގެ ގޮތުގައި މަހުލޫފް އައްޔަންކޮށްފައިވާއިރު ގިނަ ބަޔަކުދަނީ މަރުހަބާ ކިޔަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355