twitterviber whatsapp telegramfacebookyoutube instagram
29th July 2025

އައިޑީކާޑު މުއްދަތު ހަމަވިއަސް ސިއްހީ ހިދުމަތް ލިބޭގޮތް ހަދަނީ

Nov 18, 2018

އައިޑީ ކާޑުގެ މުއްދަތް ހަމަވިއަސް ސިއްހީ ހިދުމަތް ލިބޭގޮތް ހެދުމަށް ނިންމައިފި އެވެ.

މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމަނައިގެން ސިއްހީ ހިދުމަތް ހޯދުމުގައި އައިޑީ ކާޑު މުއްދަތު ހަމަނުވާ އެއްޗަކަށް ހެދުމަށް ނިންމާފައިވާއިރު ސިއްހީ ގިނަ ކަންކަން ފުރަތަަމަ 100 ދުވަހުގެ ތެރޭގައި ބަދަލުވެގެން ދާނެއެވެ.

އެގޮތުން ސްކޫލު ނިޒާމުގެ ތެރެއިން ގަވައިދުން ކުޑަކުދިންގެ ސިއްހަތު ބެލޭނެ ނިޒާމެއް ހަމަޖެއްސާ ސިއްހީ ހިދުމަތް ދޭ ސަރުކާރުގެ ހުރިހާ ތަނެއް އެއް ވިޔުގައަކުން ގުޅުވާލުމަށް ކަނޑައަޅާފައި ވެއެވެ.

މީގެ އިތުރުން ދިވެހި ބޭސްވެރިކަން އަދި އޮލްޓެނޭޓިވް މެޑިސިން ކުރިއެރުވުމާ ގުޅޭ މަހާސިންތާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އަދި ސިއްހަތަށް ރަނގަޅު ނޫން ބާވަތްތަކުން ދުރުވުމަށް އާންމުން ހޭލުންތެރިކުރުވުމަށް ކުރާ ހޭދަ އިތުރު ކުރުމަށް ނިންމާފައިވާއިރު ރާއްޖޭގައި ތިބި ތެލެސީމިއާ ކުދިންނަށް ބޭނުންވާ ބޭހާއި އެހެނިހެން ފަރުވާތައް ފަސޭހަކަމާއެކު އެކުއްޖަކު ދިރިއުޅޭ ސަރަހައްދުތަކުން ލިބޭނެ ގޮތް ހަމަޖެއްސުމަށް ވަނީ ނިންމާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355