twitterviber whatsapp telegramfacebookyoutube instagram
29th June 2025
ADVERTISEMENT

ފުރަތަމަ 90 ދުވަސް ތެރޭ މެޓާނިޓީ ލީވަށް 6 މަސްދުވަސް ލިބޭގޮތް ހަދަނީ

Nov 18, 2018

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްވެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ކޮށްދިނުމަށް ވައުދުވި ކަންތައްތަކުގެ ތެރޭގައި ސަރުކާރު ވަޒީފާއަދާކުރާ މަންމައިގެން މެޓާރނިޓީ ލީވް 6 މަސްދުވަހަށް އިތުރުކޮށްދިނުމަށް ހިމަނައިފި އެވެ.

އެގޮތުން ފުތަރަމަ 90 ދުވަހުގެ ތެރޭގައި ސަރުކާރު ވަޒީފާ އަދާކުރާ މަންމައިންގެ މެޓާނިޓީ ލީވް މުސާރައާއިއެކު 6 މަސްދުވަސް ދިނުމަށް ނިންމާފައިވާއިރު ބައްޕައިންނަށް މުސާރައާއި އެކު 1 މަސްދުވަސް ދިނުމަށް ވަނީ ނިންމާފަ އެވެ.

މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކެމްްޕެއިންގެ ތެރޭގައިވެސް ވެވަޑައިގަތް ވައުދެއްކަން ފާހަގަކޮށްލެވެއެވެ.

މިހާރު ސަރުކާރުގެ ވަޒީފާތަކުގައި އުޅޭ މައިންނަށް މެޓާނިޓީ ލީވްގެ ގޮތުގައި މުސާރައާއި އެކު ލިބެނީ 3 މަހެވެ. އަދި ބައްފައިންނަށް ލިބެނީ 3 ދުވަހެވެ.

މީގެ އިތުރުން އިޖުތިމާއި ހަމަޖެހުމުގެ ތެރެއިން ފުރަތަމަ 90 ދުވަހުގެ ތެރޭގައި ގައުމީ ފެންވަރުގައި ވަޒީފާ ހުރި ދާއިރާތަކަށް މީހުން ބިނާކުރުމަށް ފުރިހަމަ ޓްރެއިނިން އެންޑް އެނަލިސިސެއްވެސް ވަނީ ހެދުމަށް ހަމަޖެހިފައެވެ. އަދި މާލެ ސަރަހައްދުން ދަތުރު ދިއުމަށް ހާއްސަ ރަށެއް ހަމަޖައްސާ ޕިކްނިކް ދާނެ ސަރަހައްދެއް ނެތް ރަށްރަށުގެ ރައްޔިތުންނަށް ޕިކްނިކް ދިއުމަށް ސަރަހައްދެއް ނުވަތަ ރަށެއް ކަނޑައެޅުމަށް ވަނީ ނިންމާފަ އެވެ.

ނަން
ކޮމެންޓް
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com