twitterviber whatsapp telegramfacebookyoutube instagram
8th June 2025

އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން މިސްކިތްތައް އޭސީ ކުރަނީ

Nov 18, 2018

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން މިސްކިތްތަކުގައި އެއާކޯން ހަރުކުރުމަށް ނިންމައި އެކަން 100 ދުވަހުގެ ތެރޭގައި ކުރުމަށް ހިމަނައިފި އެވެ.

ރައީސް ސޯލިހު ވެރިކަމުގެ ހުވާކުރެއްވުމަށް ފަހު އިއްޔެ އާންމުކުރެއްވި އެމަނިކުފާނުގެ ސަރުކާރުގެ 100 ދުވަހު ފުއްދާނެ ވައުދުތަކުގެ ތެރެއިން، އިސްލާމް ދީނުގެ ދާއިރާގައި ހިމަނާފައިވާ ކަންތައްތަކުގެ ތެރޭގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން މިސްކިތްތައް އޭސީ ކުރުމުގެ ޕްރޮގުރާމެއް ފެށިގެންދާނެ އެވެ.

އިސްލާމް ދީނުގެ ދާއިރާގެ އެހެން ކަންތައްތަކަށް ބަލާއިރު ފަރްޝު ހައްޖުވުމަށް ޕެންޝަން ފައިސާ ބޭނުންކުރެވޭނެގޮތް ހަމަޖެއްސުމާއި މިސްކިތްތަކުގައި ޤުރުއާން ކިޔަވާދިނުން ފުރަތަމަ ސޭތޭކަ ދުވަހުގެ ތެރޭގައި ކުރަން ހިމަނާފައިވެ އެވެ.

އަދި ކަނޑައެޅޭ ވަކި މިސްކިތްތަކުގައި އަންހެނުންނަށް ފަސޭހަކަމާއެކު ނަމާދުކުރެވޭނެ އިންތިޒާމްވެސް ހަމަޖައްސާދޭނެކަމަށްވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355