ރާއްޖޭގެ ސްކޫލުތައް އެއްދަންފަޅިއަށް ކިޔަވައިދޭ ސްކޫލަކަށް ބަދަލު ކުރުމަށްޓަކައި ބޭނުންވާ ވަސީލަތްތައް ދެނެގަތުމަށް އޮޑިޓެއް ހެދުމަށް ނިންމައިފި އެވެ.
އެގޮތުން މި ސަރުކާރުގެ ފުރަތަމަ 60 ދުވަސްތެރޭގައި ސްކޫލުތައް އެއްދަންފަޅިއަށް ހެދުމަށްޓަަކައި ބޭނުންވާ ވަސީލަތްތައް ދެެނެގަތުމަށް އޮޑިޓްކުރެވިގެންދާނެ އެވެ.
މިހާރުވެސް ރާއްޖެގެ ބައެއް ސްކޫލުތަކަކީ އެއްދަންފަޅިއަށް ކިޔަވައިދޭ ސްކޫލުތަކެވެ. ރާއްޖޭގެ ފުރަތަމަ ފަހަރަށް ސްކޫލުތައް އެއްދަންފަޅިއަށް ކިޔެވުން ބަދަލުކުރަން ފެށީ ރައީސް ނަޝީދުގެ ވެރިކަމުގަ އެވެ.
މީގެ އިތުރުން ތައުލީމީ ދާއިރާގެ ގިނަ ކަންތައްތަކެއް ފުރަތަމަ 60 ދުވަހުގެ ތެރޭގައި ކޮށްދެއްވުމަށްވަނީ ހަމަޖެހިފަ އެވެ. އެގޮތުން ރާއްޖޭގައި ފުރަތަމަ ޑިގްރީއާއި ހަމައަށް ހިލޭ ކިޔެވުމުގެ ފުރުސަތު ހުޅުވާލުމާއި، ސްކޫލުތަކުގައި އެހީގެ ނިޒާމް ވަރުގަދަކޮށް ހަރުދަނާކުރާނެ ގޮތުގެ އެސެސްމެންޓް ހަދާ އެކަމަށް ބޭނުންވާ ވަސީލަތްތައް ދެނެގަތުމަށް ވަނީ ނިންމާފަ އެވެ.
އަދި ބުލީ ކުރުން ހުއްޓުވާ އަނިޔާ ލިބޭ ފަރާތްތަކަށް އެހީތެރިވާނެ ގޮތުގެ ހަރުދަނާ އުސޫލެއް ކަމާއި ގުޅޭފަރާތްތަކުގެ ހިޔާލާއި މަޝްވަރާއާއި އެކު އެކުލަވާލާ ތަންފީޒްކުރަން ފެށޭނެއެވެ.