twitterviber whatsapp telegramfacebookyoutube instagram
29th March 2024

ދަނޑުވެރިންކަން ކުރުމަށް އެތެރެކުރާ ތަކެތިން އިމްޕޯޓް ޑިއުޓީ ކަނޑާލަނީ

Nov 18, 2018

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ދަނޑުވެރިކަން ކުރުމަށް ރާއްޖެ އެތެރެކުރާ ތަކެތިން އިމްޕޯޓް ޑިއުޓީ ކަނޑާލަން ނިންމައި އެކަން 100 ދުވަހުގެ ތެރޭގައި ކުރުމަށް ހިމަނައިފި އެވެ.

ރައީސް ސޯލިހު ވެރިކަމުގެ ހުވާކުރެއްވުމަށް ފަހު އިއްޔެ އާންމުކުރެއްވި އެމަނިކުފާނުގެ ސަރުކާރުގެ 100 ދުވަހު ފުއްދާނެ ވައުދުތަކުގެ ތެރެއިން، ދަނޑުވެރިކަމުގެ ދާއިރާގައި ހިމަނާފައިވާ ކަންތައްތަކުގެ ތެރޭގައި ދަނޑުވެރިކަން ކުރުމަށް އެތެރެކުރާ ތަކެތިން އިމްޕޯޓް ޑިއުޓީ ކަނޑާލެވިގެންދާނެ ކަމަށެވެ. މިވައުދު ފުއްދުމަށް ކަނޑައަޅާފައިވަނީ 30 ދުވަހެވެ.

ދަނޑުވެރިކަމުގެ ދާއިރާގައި 100 ދުވަހުގެ ތެރޭގައި ކުރަން ނިންމާފައިވާ އެހެން ކަންތައްތަކުގެ ތެރޭގައި ދަނޑުވެރިކަމުގެ މަސައްކަތުގައި އުޅޭ އަމިއްލަ ފަރާތްތަކަށް މާލީ އިދާރާތަކުންނާއި ބޭންކުތަކުން ލޯނު އަދި ކުރެޑިޓް ސްކީމުތަކުގައި ބައިވެރިވެވޭނެ މަގު ތަނަވަސް ކޮށްދޭނެ އެވެ. ދަނޑުވެރިކަމުން އުފައްދާ ތަކެއްޗަކީ ސިއްހަތައް ގެއްލުންނުވާ ތަކެތިންކަން ނުވަތަ އިތުރު ޕެސްޓިސައިޑް ނުލާ ތަކެތިން ކަށަވަރުކޮށް ބެލެހެއްޓޭނެ ނިޒާމެއް ހަމަޖައްސާނެ ކަމަށެވެ.

އަދި ދަނޑުބިން ދޫކުރާނެ ގާނޫނީ އޮނިގަނޑެއް އެކުލަވާލައި ދަނޑުވެރިކަން (އެނިމަލް ޕާމިން) ކުރަން ބޭނުންވާ ފަރާތްތަކަށް ދަނޑު ހައްދާނެ ބިން ދޫކުރަން ފެށޭނެ އެވެ. އެގޮތުން މީހުން ދިރިއުޅޭ ރަށްރަށުގައި ދަނޑުބިން ދޫކުރާނެ އުސޫލުތަކާއި ފަޅުރަށް ރަށުގައި އެކަމަށް ހާއްސަ ކުރެވޭ ރަށްތަކުން ބިން ދޫކުރެވިގެންދާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355