twitterviber whatsapp telegramfacebookyoutube instagram
20th April 2024

ކެންސަރުން ދުރުވުމަށް މަގުފަހި ކޮށްދޭ ދިރިއުޅުމުގެ 3 އާދައެއް

Nov 26, 2018

ދިރިއުޅުމުގައި ގެންގުޅޭ ނުރަނގަޅު ވައްޓަފާޅީގެ ސަބަބުން ތިމާގެ ހަށިގަނޑު އެކި ކަހަލަ ނުރައްކާތެރި ބަލިތަކަށް ހުށައެޅިގެން ދެއެވެ. އޭގެ ތެރެއިން މިހާރު މި މުޖުތަމައުގެ ތެރޭގައި އެންމެ އާންމު ބައްޔަކަށް ކެންސަރު ވާނެއެވެ.

ނަމަވެސް ކޮންމެ އިންސާނަކުވެސް ބޭނުންވާނީ ދުޅަހެޔޮކަންމަތީ ހުންނަންކަން ޝައްކެއްވެސް ނެތެވެ. ބަލި ޖެހިގެން ފަރުވާ ހޯދަން ޖެހުމުގެ ކުރިން، ބަލި ޖެހިދާނެ ފަދަ އާދަތަށް ދޫކޮށްލުން ވަރަށް މުހިންމެވެ.

އެގޮތުން ކެންސަރުން ދުރުވުމަށްވެސް ތިމާގެ އާންމު ދިިރިއުޅުމުގެ ތެރޭގައި ގިނަ ކަންތައްތަކެއް ކުރެވިދާނެއެވެ. ސިއްހަތު ރަނގަޅު ކާނާ ކެއުމާއި، ކަސްރަތުކުރުން ފަދަ ކަންކަން ދުވަހުގެ ތާވަލް ތެރޭގައި ހިމެނުމަކީ ދުޅަހެޔޮ ސިއްހަތަކަށް ކެންސަރާ ދުރުކޮށްދިނުމަށް ކުރެވިދާނެ ކަންކަމެވެ. އެގޮތުން އަމިއްލައަށް ވެސް ކުރެވިދާނެ 3 ކަމެއް ހިމަނާލާނަމެވެ.

ސްޓްރެސް އާއި ދުރުވުން :

ގިނަ މީހުންނަކީ ދިރިއުޅުމުގެ ކަންތަށް ހުންނަ ގޮތުން ސިކުނޑިއަށް ވަރަށް ބާރު ބޮޑުކޮށް އުޅެންޖެހިފައިވާ ބައެކެވެ. ނަމަވެސް ސްޓްރެސް އަކީ ހަށިގަނޑުގެ ދިފާއީ ނިޒާމް ދަށްކޮށްލާ ސްޓްރޯކް ޖެހުމަށް މަގުފަހިވާ މައިގަނޑު އެއް ސަބަބުވެސް މެއެވެ. އަދި ދިފާއީ ނިޒާމް ދަށްވުމަކީ ކެންސަރު ޖެހުމަށް މަގުފަހިވާ ކަމެކެވެ. ސްޓްރެސް އާއި ދުރުވުމަށް ޔޯގާ، އަމިއްލަ ހިތްހަމަ ޖެހޭ ފަދަ ކުޅިވަރެއް ކުޅުން، އިތުބާރު ކުރެވޭ ފަރާތަކާއި މަސްވަރާ ކޮށްލުން ނުވަތަ ޑޮކްޓަރުގެ ލަފާ މަތިން ބޭސް ބޭނުން ކުރުން ވަރަށް މުހިންމެވެ.

ކާތަކެތި ރައްކާތެރިކަމާ އެކު ބެލެހެއްޓުން :

ބައެއް މީހުންނަކީ ކާއެއްޗެހީގަ ހަލާކުވެފަ އިންނަ ތަންކޮޅު އެއްލާލުމަށްފަހު އެ ކާއެއްޗެއް ބޭނުންކުރާ މީހުންނެވެ. ކާންބޭނުންކުރާ ޕާން ފަދަ ތަކެތިގައި އަޅާ ފަންގަސް ގިނަ މީހުން އެހާ ސަމާލުކަމެއް ނުދެއެވެ. ނަމަވެސް ފީވުމުގެ ސަބަބުން ކާއެއްޗެހީގައި އަޅާ ފަންގަސްގެ ސަބަބުން މައިކޯޓޮކްސިން އަދި އަފުލޭޓޮކްސިން ގިނަ އަދަދަކަށް އުފެދެއެވެ. މި ފަންގަސްއަކީ ވެސް ކެންސަރަށް މަގުފަހިވާ މާއްދާ އެކެވެ.

ކަސްރަތުކޮށް ގިނައިން ހަށިގަނޑުން ދާ ބޭރުކުރުން :

ކަސްރަތުކޮށް ގިނައިން ހަރަކާތް ތެރިވެ އުޅުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި ދިފާއީ ނިޒާމަށް ބަދަލުތަކެއް ގެނުވާ ކަމެކެވެ. ކަސްރަތުކޮށް ގިނައިން ހަށިގަނޑުން ދާބޭރުވުމަކީ ކެންސަރާއި ދުރުކުރުވާ ކަމެކެވެ. ހަމަ އެއާއި އެކު ހަށިގަނޑަ ބޭނުންވާ މިންވަރަށް ފެންވެސް ބޯންޖެހެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355