twitterviber whatsapp telegramfacebookyoutube instagram
20th April 2024

އާ ސަރުކާރުގެ ފުރަތަމަ 100 ދުވަސް: ތިމާވެށީގެ ހިމާޔަތަށް ސިގްނަލެއް !

Nov 19, 2018

ރައީސް އިބުރާހިމް މުހައްމަދު ސޯލިޙުގެ ވެރިކަމުގައި ރާއްޖޭގެ ތިމާވެށި ހިމާޔާތްކުރުމަށް ބޮޑު ސަމާލުކަމެއް ދީފައިވާކަން އެމަނިކުފާނުގެ ސަތޭކަ ދުވަހު ކުރަން ނިންމާފައިވާ ކަންތައްތަކުން ހާމަވެއްޖެ އެވެ.

އެމަނިކުފާނުގެ ވެރިކަމުގެ 100 ދުވަހުގެ ތެެރޭގައި ފުއްދާނެ ވައުދުތަކުގެ ތެރެއިން ތިމާވެށީގެ ދާއިރާއަށް ގިނަ ކަންތައްތަކެއް ހިމަނާފައިވެ އެވެ. އެގޮތުން ހުރިހާ އިންތިހާބީ އަދި އައްޔަނުކުރެވޭ މަގާމުތަކަށް ވަޑައިގަންނަވާ ފަރާތްތަކަށް ތިމާވެށި ރައްކާތެރިކުރުމާ ގުޅޭ ޕްރޮގްރާމްތައް ފެށި ދާއިމީގޮތެއްގައި ހިންގޭނެ އެވެ. ކޮންމެ އަތޮޅެއްގައި ބައިނަލް އަގްވާމީ މިންގަނޑުތަކަށް ފެތޜ ގޮތަށް ހިމާޔާތްކުރުމުގެ ޕްރޮގްރާމެއްގެ ދަށުން މަދުވެގެން އެއް ރަށާއި އެއް ފަރު އަދި ކަނޑޫފާ ހިމެނޭގޮތަށް ރައްކާތެރިކުރެވޭނެކަމަށް ހިމަނާފައިވެ އެވެ.

މުޅި ރާއްޖޭގައި ގަސް އިންދުމުގެ ޕްރޮގުރާމްތައް ހިންގަން ނިންމާފައިވާއިރު ތިމާވެށި ހިމާޔާތްކުރުމަށް އުއްފަދާފައިވާ އެންވަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ(އީޕީއޭ) ބާރުވެރިކުރުވާ ރައްޔިތުންނާއި ކަމާ ބެހޭ މާހިރުންގެ ބައިވެރިވުމާއެކު ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތްކުރެވޭނެ އެވެ. ގްރީން ޓެކްސް ނެގޭނެ ގޮތާއި އެފައިސާ ހަރަދުކުރެވޭނެ ގޮތް ތަފްސީލުކޮށް ދެ ފުށް ފެންނަ ގޮތަކަށް ހާމަކުރާނެކަމަށެވެ.

އަދި ރާއްޖޭގެ ރަށްރަށުގެ މަގުތައް ސާފުކޮށް މަރާމާތުކޮށް ބެލެހެއްޓޭނެ ފުރިހަމަ ނިޒާމެއް ކަނޑައެޅިގެންދާނެ ކަމަށާއި ޕްލާސްޓިކް ފުޅި އާއި ޕްލާސްޓިކް ކޮތަޅު މަދުކުރުމުގެ ގައުމީ ކެމްޕެއިން ފަށާނެ އެވެ.

ރައީސް އިބުރާހިމް މުހައްމަދު ސޯލިހް ހުވާކުރެއްވުމަށް ގައުމާ މުހާތަބުކުރައްވާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވަނީ ދުނިޔެ ހޫނުވުމުން ތިމާވެއްޓަށް އަންނަ ބަދަލުތަކުން މި ދުނިޔެ ސަލާމަތްކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ދިވެހިރާއްޖެ ވެގެންދަނީ ޖަޒީރާ ޤައުމުތަކުގެ ލީޑަރަކަށް ކަމާއި، ގްރީން ޓެކްސްގެ ގޮތުގައި، ނެގޭ ފައިސާ ހޭދަކުރައްވާނީ ހަމައެކަނި ތިމާވެށި ޙިމާޔަތްކުރުމާ ގުޅުންހުރި މަސައްކަތްތަކަށް ކަންވެސް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355