twitterviber whatsapp telegramfacebookyoutube instagram
7th June 2025

ކޮމަންވެލްތުގައި އަލުން ރާއްޖެ ބައިވެރިވުމަށް ކެބިނެޓުން ނިންމައިފި

Nov 19, 2018

ދިވެހިރާއްޖެ އަލުން ކޮމަންވެލްތްގައި ބައިވެރިވާން ކެބިނެޓުން ނިންމައިފި އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުވާކުރެއްވުމަށް ފަހު އާންމުކުރި 100 ދުވަހުގެ ޕްލޭންގައިވާ ގޮތުގައި، ކޮމަންވެލްތްގައި އަލުން ބައިވެރިވުމަށް ސަރުކާރުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ހުށަހަޅާނެ އެވެ.

އޮކްޓޯބަރު، 16، 2013 ގައި ރާއްޖެ ކޮމަންވެލްތުން ވަކިވީ، ސަރުކާރުގެ އަމަލުތަކާ ގުޅިގެން ރާއްޖެ އެ ޖަމާއަތުން ސަސްޕެންޑް ކުރަން މަސައްކަތް ފެށުމާ ގުޅިގެން އެވެ. ކޮމަންވެލްތްގައި އަލުން ބައިވެރިވުމާއި ގުޅުން ކަނޑާލާފައިވާ ގަތަރު އަދި އީރާންއާ އެކު އަލުން ގުޅުން ސިޔާސީ ގުޅުން ގާއިމް ކުރުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދެކެވެ.

ހުވާ ކުރެއްވުމަށް ފަހު ރައީސް ސޯލިހު ގައުމާ މުހާތަބު ކުރައްވަމުން ވިދާޅުވީ، އެމަނިކުފާނުގެ ހާރިޖީ ސިޔާސަތުގައި އެންމެ މުހިންމު ކަމަކަށް ވާނީ، ރާއްޖޭގެ އެންމެ މަތީ މަސްލަހަތު އިސްކުރުން ކަމަށާއި އެމަނިކުފާނުގެ ހާރިޖީ ސިޔާސަތު ބިނާކުރާނީ، އިންސާނީ ހައްގުތަކާއި، ޑިމޮކްރަސީ އަދި ކްލައިމެޓް ޗޭންޖްގެ މައްޗަށް ކަމަށެވެ. އަދި ރާއްޖެއާ އެކު ގުޅުން ބަދަހި ކުރަން ބޭނުންވާ ގައުމުތަކާ އެކު ގުޅުން ބަދަހި ކުރައްވާނެ ކަމުގގެ ޔަގީންކަން ވެސް ރައީސް ސޯލިހު ދެއްވި އެވެ.

ކޮމަންވެލްތުގެ މެމްބަރު ގައުމެއްގެ ގޮތުގައި 34 އަހަރު ވަންދެން ރާއްޖެ އޮތުމަށް ފަހު އެ ޖަމާއަތުން ރާއްޖެ ވަކިވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރު އެވެ.

ކޮމަންވެލްތުން ރާއްޖެ ވަކިވުމުން އެ ޖަމާއަތުން ބުނެފައި ވަނީ މަސައްކަތްކުރީ ރާއްޖޭގެ ޑިމޮކްރަސީ ކުރިއަރުވަން ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ރާއްޖެއިން އަލުން އެ ޖަމާއަތާ ގުޅޭނެ ކަމަށް އުއްމީދުކުރާ ކަމަށް ވެސް ބުނެފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355