twitterviber whatsapp telegramfacebookyoutube instagram
19th April 2024

ރައީސް ޔާމިން އެއްމިލިއަން ޑޮލަރު އެސީސީއާއި ހަވާލުކޮށްފި

Nov 19, 2018

ކުރީގެ ރައީސް އަބްދުﷲ ޔާމީން، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ހުޅުވާފައިވާ އަމިއްލަފުޅު އެކައުންޓަކަށް އަމިއްލަ ފަރާތަކުން ޖަމާކޮށްފައިވާ އެއް މިލިއަން ޑޮލަރު އެންޓި ކޮރަޕްޝަން ކޮމިޝަނާއި ހަވާލުކޮށްފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރިޔާސީ އިންތިހާބުގެ ކުރިން އެ މަނިކުފާނު އޭސީސީއާއި އެ ފައިސާ ވަނީ ހަވާލުކޮށްފަ އެވެ.

މި ފައިސާ އޭސީސީގެ ބެލުމުގެ ދަށަށް ގެންދިޔަކަން، ޔާމީންގެ ފަރާތްޕުޅުން އަދި އޭސީސީއަކުން ވެސް މިހާތަނަށް އާއްމުންނަށް ޔަގީންކޮށްދީފައެއް ނުވެ އެވެ.

ޔާމީން މި ފައިސާ ހަވާލު ކުރެއްވުމުގެ ކުރިން، މާޗް، 14، 2018 ގައި ޕީޕީއެމުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި، ނޫސްވެރިންގެ ސުވާލަކާ ގުޅިގެން އެ ފައިސާ އޭސީސީގެ ބެލުމުގެ ދަށުގައި ހުރި ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ވަނީ ވިދާޅުވެފަ އެވެ.

ނަމަވެސް އެއިރުން އެކަން އެސީސީން ވަނީ ދޮގުކޮށްފަ އެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ހިންގި 1.2 ބިލިއަން ރުފިޔާގެ ހިޔާނާތާ ގުޅޭ ތުހުމަތުތައް ކުރީގެ ރައީސް ޔާމީނަށް އަމާޒުވެފައި ވަނިކޮށް، އެ މަނިކުފާނުގެ އަމިއްލަފުޅު އެކަންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރިކަން ތަހުގީގަށް ސާބިތުވެފައިވާ ކަމަށް އޭސީސީން ވަނީ ބުނެފަ އެވެ.

ނަމަވެސް އެ ފައިސާ ޖަމާކުރި އެސްއޯއެފްގެ ހިއްސާދާރުންނާ ސުވާލު ނުކުރެވިގެން އެ މައްސަލަ އޭސީސީން ފައިލްކުރީ އެވެ. ޔާމީންގެ އެކައުންޓަށް އެސްއޯއެފުން ފައިސާ ޖަމާކުރި މައްސަލަ ފައިލްކޮށް، އޭސީސީން ނެރުނު ރިޕޯޓުގައި ބުނެފައިވަނީ 13 އޮކްޓޯބަރު 2015 ގައި 500،000 ޑޮލަރު އަދި 15 އޮކްޓޯބަރު 2015 ގައި 500،000 އެ އެކައުންޓަށް ޕްރައިވެޓް ކުންފުންޏަކުން ޖަމާކޮށްފައިވާ ކަމަށެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތަކާއި ބިން އަދި ފަޅުތައް ކުއްޔަށް ދީގެން ދައުލަތަށް ލިބެން ޖެހޭ 1.2 ބިލިއަން ރުފިޔާ އަށް ހިޔާނާތްތެރިވެފައިވާ ކަމަށް އޮޑިޓް އޮފީހުގެ ތަހުގީގަށް ފަހު އާއްމުކުރި ރިޕޯޓުގައިވެސް ވެއެވެ.

އޭސީސީން ބުނެފައިވާ ގޮތުގައި އިތުރަށް ކުރިއަށް ގެންދެވެން ނެތިގެން މައްސަލަ ފައިލްކުރީ، ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާކުރި ކުންފުނީގެ ހިއްސާދާރުން ތަހުގީގަށް ހާޒިރުކުރަން ކުރި މަސައްކަތް ކާމިޔާބު ނުވުމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355