twitterviber whatsapp telegramfacebookyoutube instagram
25th April 2024

ސައުތު އޭޝިއާގައި 5ޖީ ޑެމޯ ދައްކާލި ފުރަތަމަ ކުންފުނިތަކުގެ ލިސްޓްގައި ދިރާގު

Nov 21, 2018

ދިރާގުން ވުމާސަލާތީ ޓެކްނޮލޮޖީގެ ތެރެއިން މޮބައިލް އިންޓަނެޓް ކަނެކްޓިވިޓީގެ ފަސްވަނަ ޖީލުގެ ހިދުމަތް ކަމަށްވާ 5ޖީގެ ޑެމޯ އެއް ރާއްޖޭގައި ފުރަތަމަ ފަހަރަށް ދައްކާލައިފިއެވެ. ދިރާގު ހޭޑް އޮފީހުގައި މިއަދު ބޭއްވީ ހާއްސަ ހަފުލާއެއްގައި ވަނީ 5ޖީ ގެ ޑެމޯ އާންމުނާ ހަމައަށް ދައްކާލާފައިއެވެ.

އޭޝިއާ ބައްރުން ރާއްޖެ ފިޔަވާ ދެން 5ޖީގެ ޑެމޯ ދައްކާފައިވަނީ މެލޭޝިއާ، ސިންގަޕޫރު، ހޮންގްކޮންގް އަދި އިންޑީޔާ ފަދަ ގައުމުތަކުގައިއެވެ.

މިއަދުގެ ހަފުލާފައި ވާހަކަ ދައްކަވަމުން ދިރާގު ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު ވިދާޅުވި ގޮގުތައި ދިރާގުން މަސައްކަތްކުރަމުން ދަނީ އަލަށް ތައާރަފު ކުރާ އައު ޓެކްނޮލޮޖީ އާއި ޑިޖިޓަލް ހިދުމަތް ރާއްޖޭގެ މާކެޓަކަށް ގެނެސްދިނުމެވެ. އަދި ދިވެހި ރާއްޖެއަށާއި ދިވެހި މުޖްތަމައަށް ޑިޖިޓަލް މުވާސަލާތީ ހިދުމަތުގެ ތެރެއިން އިތުރު ފާގަތިކަމާއި ކުރިއެރުން ފޯރުކޮށްދިނުމަށް ދިރާގުން ކެނޑިނޭޅި މަސައްކަތް ކުރަމުންގެންދާ ވާހަކަ ފާހަގަކުރެއްވިއެވެ.

5ޖީ ހިދުމަތް ތައާރަފު ވުމުން ރާއްޖެއަށް ލިބޭނެ ކުރިއެރުމާއި ފައިދާތައްކެއް ދިރާގުން ވަނީ ފާހަގަ ކޮށްފައެވެެ

5ޖީ ކަނެކްޓިވިޓީ އާދަޔާހިލާފަށް ހަލުވިވާނެ ކަމަށް ދިރާގުން ބުނެއެވެ. އެގޮތުން މިހިދުމަތަކީ މިހާރުގެ 4ޖީ ހިދުމަތުގެ ޑައުންލޯޑް ކުރެވޭ ސްޕީޑަށްވުރެ ދިހައެއް ނުވަތަ ވިހިގުނަ އަވަހަށް ޑައުންލޯޑްކުރުމުގެ ގާބިލުކަން ހުންނާނެ ހިދުމަތެ ކަމަށްވެސް ދިރާގުން ބުނެއެވެ. އެހެން ކަމުން ރިމޯޓް ސާޖަރީ އަދި އޮޓޮމޭޓެޑް ދަތުރުފަތުރު ކުރުމުގެ ސިސްޓަމްޓަކުން ރިއަލްޓައިމް ނުވަތަ އަސްލު ވަގުތާ އެއްފަދަ ތަޖުރިބާއެއް ލިބިގެންދާނެ ކަމަށް ވެސް ފާހަގަކުރިއެވެ.

މީގެ އިތުރުން ފާހަގަކޮށްލެވޭ ކަންކަމުގެ ތެރޭގައި މިހާރަށްވުރެ އަވަހަށް ޑައުންލޯޑް އަދި އަޕްލޯޑް ސްޕީޑު އަވަސްވާނެއެވެ. އަދި ގުދުރަތީ ކާރިސާތައް ދިމާވާ ހާލަތްތަކުގައި ވުމާސަލާތީ ގުޅުން ދެމެހެއްޓުމަށް ފަސޭހަވެގެންދާނެ ކަމަވެސް ދިރާގުން ބުނެއެވެ. އަދި ހަމައެއާއެކު 5ޖި ނެޓްވޯކް ގާއިމު ވުމާއި އެކު މުޅިން އައު ޑިޖިޓަލް ހިދުމަތައްތަކަށް މަގު ފަހިވެގެން ދާނެއެވެ.

5ޖީ ފޯނާއި އަދި ޑިވައިސްތައް އަދި މާކެޓްގައި ލިބޭކަށްނެތެވެ. ނަމަވެސް ދުނިޔޭގެ ބޮޑެތި ޓެކް ކުންފިނިތަކުން މިހާރު ދަނީ އެފަދަ ޑިވައިސްތައް އުފެއްދުމުގެ މަސައްކަތް ފަށާ އަދި ޓެސްޓް ކުރަން ފަށާފައިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355