twitterviber whatsapp telegramfacebookyoutube instagram
28th December 2025

އިތުރަށް ދަރަނި ނަގަމުން ގެންދާނަމަ ގައުމު ބަނގުރޫޓް ވެދާނެ: ގަވަރުނަރު

Nov 22, 2018

ދަރަނި އަދާނުކުރެވި އިތުރަށް ދަރަނި ނަގަމުންދާނަމަ ގައުމު ބަނގުރޫޓްވުމުގެ ބިރު އެބައޮތްކަމަށް އެމްއެމްއޭގެ ގަވަރުނަރު އަހުމަދު ނަސީރު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 29.6 ބިލިއަން ރުފިޔާގެ ބަޖެޓަށް ލަފާއެރުވުމުގެ ގޮތުން މިއަދު އޮތް ބަޖެޓު ދިރާސާކުރާ ކޮމެޓީގައި ވާހަކަފުޅުދައްކަވަމުން ގަވަރުނަރ ވިދާޅުވީ ލިބޭ ޢާމްދަނީން ހަރަދު ކުރަން ދަސްކުރަން ވެއްޖެ ކަމަށެވެ.

ރާއްޖޭގެ މާލީ ހާލަތު އޮތީ އަހަރުން އަހަރަށް ޑެފިސިޓް ވާ ގޮތަށް ކަމަށް ވިދާޅުވެ ގަވަރުނަރ ނަސީރު ވިދާޅުވީ އެކަން ބަދަލު ކުރުމަށް މަސައްކަތްތަކެއް އެންމެން ގުޅިގެން ކުރަންޖެހޭ ކަމަށެވެ. އަދި މިހާރު އާމްދަނީގެ ގޮތުގައި ގާތްގަނޑަކަށް 20 ބިލިއަން ރުފިޔާ ލިބޭ ކަމަށާއި އެހެންކަމުން 20 ބިލިއަންގެ ތެރެއިން ހަރަދުތައް ހަމަޖެއްސުމަށް ދަސްކުރަން ޖެހޭކަމަށެވެ.

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ މީގެ 8 އަހަރުކުރިން ދަޢުލަތް ހިންގުމަށް ދެނީ 8 ބިލިއަން ރުފިޔާ ކަމަށާއި ނަމަވެސް އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގައި މުވައްޒަފުންގެ މުސާރައަށް އެކަނިވެސް މިހާރު އަށް ބިލިއަން ހަރަދުވާކަމަށެވެ.

ދަރަނި އަދާނުކޮށް އިތުރަށް ދަރަނި ނަގަމުން ގެންދާނަމަ އެހެން ޤައުމުތަކަށް ދިމާވެފައިވާ ގޮތްތައް ރާއްޖެއަށް ދިމާވެ ރާއްޖެ ބަނގުރޫޓް ވެދާނެކަމަށް ނަސީރު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355