twitterviber whatsapp telegramfacebookyoutube instagram
26th April 2024

އަންނަ އަހަރު ކުޅުދުއްފުށީ ކެމްޕަހުގައި ފަށަން ހަމަޖެހިފައިވާ ކޯސްތަކާ ބެހޭ މައުލޫމާތު ދެނީ

Nov 22, 2018

އަންނަ އަހަރު ގައުމީ ޔުނިވާސިޓީ ކުޅުދުއްފުށީ ކެމްޕަހުގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކާއި ބެހޭގޮތުން މައުލޫމާތު ދިނުމުގެ އިވެންޓެއް “ޕްރީ ޔުނިވަރސިޓީ ގައިޑެންސް” ގެ ނަމުގައި ކުރިއަށް ގެންދިޔުމަށްވަނީ ހަމަޖެހިފަ އެވެ.

މި އިވެންޓްކުރިއަށް ދާނީ އަންނަ ހޮނިހިރު ދުވަހުގެ ހަވީރު 4-6 އަށް ކުޅުދުއްފުށީ ކެމްޕަސް ގޯތިތެރޭގައެވެ. މިއީ އާއްމުންނަށް ހުޅުވާލެވިގެން ކުރިއަށްގެންދާ އިވެންޓެކެވެ.

މި އިވެންޓްގައި 2019ވަނަ އަހަރުގެ ފެބްރުވަރީގައި ފެށުމަށް ހަމަޖެހިފައިވާ 49 ކޯހަކާއި ބެހޭގޮތުން މައުލޫމާތު ދިނުން ކުރިއަށްދާނެއެވެ. މި އިވެންޓަކީ އެމް.އެން.ޔޫގެ ހުރިހާ ކެމްޕަހެއްގައި އެއް ވަގުތެއްގައި ކުރިއަށްދާ އިވެންޓެއްކަމަށް އެމްއެންޔޫއިން މައުލޫމާތުދެ އެވެ.

މި ޕްރޮގުރާމުގައި ފައުންޑޭޝަން ލެވެލްގެ ކޯސްތަކުން ފެށިގެން މާސްޓަރސް ލެވެލްގެ ކޯސްތަކާއި ބެހޭގޮތުން މައުލޫމާތު ދިނުމަށްވަނީ ހަޖެހިފައި އެވެ. އެގޮތުން ފައުންޑޭޝަން ލެވެލްގެ 02 ކޯހާއި، ސެޓްފިކެޓް3 ގެ ލެވެލްގެ 05 ކޯހާއި، އެޑްވާންސް ސެޓްފިކެޓްގެ 07 ކޯހާއި، އެޑްވާންސް ޑިޕްލޮމާގެ 05 ކޯހާއި، ޑިޕްލޮމާ ލެވެލްގެ 11 ކޯހާއި، ބެޗްލާސް ޑިގްރީގެ 14 ކޯހާއި އަދި މާސްޓަރސް ލެވެލްގެ 05 ކޯހެއް 2019 ފެބްރުވަރީގައި ފެށުމަށްވަނީ ހަމަޖެހިފަ އެވެ.

އަންނަ އަހަރު މުޅިން އަލަށް ފަށާ ކޯސްތަކުގެ ތެރޭގައި އެޑްވާންސް ސެޓްފިކެޓްއިން ލައިބްރަރީ އެންޑް އިންފޮރމޭޝަން ސަރވިސަސް އާއި ޑިޕްލޮމާ އިން ލައިބްރަރީ އެންޑް އިންފޮރމޭޝަން ސަރވިސަސް އާއި ޑިޕްލޮމާ އިން ޖާނަލިޒަމް އާއި ބެޗްލަރސް އޮފް އާރޓްސް އިން ޖަރނަލިޒަމްއާއި އެޑްވާންސް ޑިޕްލޮމާ އިން އިންގްލިޝް ލޭންގުއޭޖް އެންޑް ކޮމިއުނިކޭޝަން އާއި ބެޗްލަރސް އޮފް އާރޓްސް އިން އިންގްލިޝް ލޭންގުއޭޖް އެންޑް ކޮމިއުނިކޭޝަންއާއިއާއި ބެޗްލަރސް އޮފް ޓީޗިންގ ސެކަންޑްރީ (މެތަމެޓިކްސް/އެކައުންޓިން)އާއި މާސްޓަރސް އޮފް އެޑިއުކޭޝަން (ދިވެހި ލޭންގުއޭޖް ޓީޗިންގ) އަދި މާސްޓަރސް އޮފް އާރޓްސް އިން އިސްލާމިކް ސްޓަޑީޒް ހިމެނެއެވެ.

މި އިވެންޓްގައި ކޯހަށް ފޯމްބަލައިގަތުމާއި ކޯހުގައި ބައިވެރިވުމަށްއެދޭ ފޯމް ފުރުމުގައި އެހީތެރިވުމާއި ސެޓްފިކެޓްތައް އަސްލާއި އެއްގޮތްކަމަށް އެޓެސްޓްކުރުމުގެ ޚިދުމަތް ފޯރުކޮށްދެވޭނެއެވެ. މި ކޯސްތަކަށް ފޯމް ހުށައެޅުމުގެ އެންމެ ފަހު ތާރީހަކީ 31 ޖަނަވަރީ 2019 ވަނަ ދުވަހުގެ 14:00 އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355